Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދިވެހި

ވޭތުވެދިޔަ 12 މަސް ތެރޭ މީރާގެ އާމްދަނީ %55.85 ކުރިއަށް!

11 މޭ 2017 - 12:48

އައިމިނަތް ނޫރް އަޙްމަދު

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މިނިވަން މުއައްސަސާއެއް ގޮތުގައި ވުޖޫދަށް އައީ ޓެކްސް އެޑްމިނިސްޓްރޭޝަން ޤާނޫނުގެ ދަށުން 2010 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.

މިއަދު މީރާއިން ޝާއިރުކުރެއްވި ޓެކްސް ރެވެނިއު ކަލެކްޝަން ރިޕޯޓްގައި 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުން 2017 ވަނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް އެކި ޓެކްސް ތަކުން ލިބިފައިވާ ފައިދާތައް ވަނީ ހިމަނާލާފައެވެ.

މިގޮތުން އެންމެ ފުރަތަމަ ޖަނަވަރީ 2010 އަކަށް ޖުމްލަ ޓެކްސް ގެ ފައިދާގެ ގޮތުގައި 258,210,704 ރުފިޔާ ލިބިފައިވާއިރު، އެޕްރީލް 2017 ގައި ޓެކްސްގެ ފައިދާގެ ގޮތުގައި ވަނީ 1,126,163,857 ރުފިޔާ ލިބިފައެވެ.

ފުރަތަމަ ޓެކްސް ނަގަން ފެށުނުއިރަށް ބަލާނަމަ މިއީ %336 ގެ ފައިދާއެކެވެ.


2016 ވަނަ އަހަރުގެ އެޕްރީލް މަހާއި 2017 ވަނަ އަހަރުގެ އެޕްރީލް މަހާއި އަޅާ ކިޔަމާތޯއެވެ.

2016 އެޕްރީލްގައި ލިބިފައިވަނީ 890,148,163 ރުފިޔާގެ ފައިދާއެކެވެ. އަދި 2017 އެޕްރީލްގައި ލިބިފައިވަނީ 1,126,163,857 ރުފިޔާއެވެ. އެއީ %55.85 ގެ ފައިދާއެކެވެ.

މިގޮތުން އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ބިން ވިއްކުމުން ލިބޭ ޓެކްސް އިންނެވެ. ދެވަނައަށް އެންމެ ފައިދާ ލިބުނީ ދިގު މުއްދަތަށް ދޫކޮށްފައި ހުރި ހަރުމުދަލުން ލިބުނު ޓެކްސްއިންނެވެ. އަދި ތިންވަނަ އަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ޓުއަރިޒަމް ދާއިރާގައި ކުއްޔަށް ދޫކޮށްފައި ހުރި ބިމުން ލިބުނު ޓެކްސް އިންނެވެ.

އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ބީ.ޕީ.ޓީ ނުވަތަ ބިޒިނަސް ޕްރޮފިޓް ޓެކްސް ވަނީ 5.19 އިންސައްތަ ދަށަށް ގޮއްސައެވެ. ޖުމްލަ ގޮތެއްގައި ބަލާނަމަ ޖީ.އެސް.ޓީ ނުވަތަ ގުޑްސް ސަރވިސަސް ޓެކްސް އިން ލިބުނު ފައިދާ ކުޑަކަމުގައި ވީނަމަވެސް ވަނީ އިތުރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން