Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދިވެހި

ރާއްޖެ އެތެރެކުރާ މުދާ %9 އަށް އިތުރުވެއްޖެ

21 މޭ 2017 - 16:51

މަރިޔަމް ލައިސާ

މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާ ކިޔާއިރު މި އަހަރު ރާއްޖެ އެތެރެކޮށްފައިވާ ތަކެތީގެ ސީ.އައި.އެފް ވަނީ %9 އަށް އިތުރުވެފައެވެ. ގާތްގަނޑަކަށް 3 ބިލިއަނެއްހާ މުދާ މިދިޔަ އޭޕްރިލް މަހުގައި ރާއްޖެ އެތެރެ ކުރެވިފައި ވާއިރު މި މަހު 3.2 ބިލިއަނެއްހާ މުދާ ވަނީ އެތެރެ ކުރެވިފައެވެ. އެންމެ ގިނަ މުދާ އެތެރެ ކުރާ ފަރާތް ތަކުގެ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނިފައިވާ އިރު އިންޑިއާ ވަނީ ދެވަނައިގައެވެ.

ކަސްޓަމްސް ޑިއުޓީ އިން ފައިދާގެ ގޮތުގައި ނަގާފައިވާ ފީ އާއި ޖޫރިމަނާތައް މިއަހަރު ވަނީ މިދިޔަ އޭޕްރީލް މަހަށް ވުރެ %5 އަށް ދަށްވެފައެވެ. ނަމަވެސް މޭ މަހު ތެރޭގައިވެސް ގާތްގަނޑަކަށް 203 މިލިއަނެއްހާ ރުފިޔާ ވަނީ ކަސްޓަމްސް ޑިއުޓީއިން ލިބުނު ފައިދާގެ ގޮތުގައި ނަގާފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އެފް.ބީ.އޯ ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހާއި އަޅާ ކިޔާއިރު %21 އަށް ދަށްވެފައި ކަމަށް ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޖަނަވަރީ 2016 އިން މޭ މަހާއި ހަމައަށް 363 މިލިއަން ރުފިޔާއިން 288 މިލިއަން ރުފިޔާއަށް ދަށްވެފައި ވާކަމަށާއި އެންމެ ގިނައިން ރާއްޖެއިން މުދާ ބޭރު ކުރެވިފައިވަނީ ތައިލޭންޑަށް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން