Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދިވެހި

ފިހާރަ، ކެފޭ އަދި ރެސްޓޯރެންޓް ތައް ބަންދު ކުރާ ގަޑިތަކަށް އަނެއްކާވެސް ބަދަލު ގެނެއްސި

2 ޖުލައި 2017 - 12:13

މަރިޔަމް ލައިސާ

ރަމަޟާން މަސް ނިމުމާއި އެކު ފިހާރަ ބަންދުކުރާ ވަގުތަށާއި އަދި ކެފޭ އާއި ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑިތަކަށް ކުރިއެކޭ އެއްފަދައިން ބަދަލު ގެނެއްސިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އަންގާފައިވާ ގޮތުގައި މިރެއިން ފެށިގެން ހުރިހާ ފިހާރައެއްވެސް 22:00 ގައި ބަންދު ކުރަން ޖެހޭނެ ކަމަށާއި އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން 00:00 ގައި ބަންދުކުރަން ޖެހޭނެއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީ އިން ވަނީ މި ރޯދަ މަހުގަޔާއި އަދި ހަ ރޯދައިގެ ތެރޭގައި ފިހާރަތައް 11 ޖަހާއިރު ބަންދު ކުރާނެ ގޮތާއި ކެފޭ ރެސްޓޯރެންޓްތައް 3:00 ގައި ބަންދު ކުރާނެ ގޮތެއް ހަމަޖައްސައިދީފައެވެ. މިއީ ރައްޔިތުންނަށް ފަސޭހައަކަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އިން ނިންމަވާފައިވާ ގޮތެކެވެ.

ނަމަވެސް ރޯދަމަހާއި 6 ރޯދަ ނިމުމާއި އެކު މިކަމަށް ބަދަލުގެނެސް ރޯދަ މަހުގެ ކުރިން އަމަލު ކުރި ގޮތަށް އަމަލު ކުރުމަށާއި އަދި ނުކޮށްފި ނަމަ -/2000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން