Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދިވެހި

ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓު ހުޅުވައިފި

3 ޖުލައި 2017 - 13:00

މަރިޔަމް ލައިސާ

ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕުން ކ.ކޮށްދިއްޕަރުގައި ތަރައްޤީ ކޮށްފައިވާ ރިސޯޓު ކަމަށްވާ "ގްރޭންޑް ޕާކް ކޮށްދިއްޕަރު" ރިސޯޓު ހުޅުވައިފި އެވެ. ކޮށްދިއްޕަރު ރިސޯޓު ހުޅުވާފައި ވަނީ ނިމިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ކޮށްދިއްޕަރު ރިސޯޓަކީ ދިވެހި ކުންފުންޏެއް ކަމަށްވާ ކޮށްދިއްޕަރު އިންވެސްޓްމެންޓްސް ކުންފުނިން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އައި ރިސޯޓެކެވެ. އެހެން ނަމަވެސް އެ ކުންފުނިން މިދިޔަ އަހަރު އެ ރިސޯޓު، ސިންގަޕޫރުގެ ކުންފުންޏަކަށް ވަނީ ވިއްކާލާފައެވެ.

ޕާކް ހޮޓެލްސްގެ "ގްރޭންޑް ޕާކް" ބްރޭންޑްގެ ދަށުން ހުޅުވި ކޮށްދިއްޕަރުގައި 120 ވިލާ ހަދާފައި ވެއެވެ. އޭގެ ތެރެއިން 65 ވިލާއެއްގައި ޕްރައިވެޓް ޕޫލް ހުރެއެވެ. ކޮށްދިއްޕަރުގެ 120 ވިލާގެ ތެރޭގައި ބީޗް ޕޫލް ވިލާ، އޯޝަން ވޯޓާ ވިލާ، ލެގޫން ވޯޓަރ ވިލާ، އޯޝަން ޕޫލް ވިލާ އަދި ލެގޫން ޕޫލް ވިލާ ހުރެއެވެ. ހުރިހާ ވިލާއަކުން ވެސް އިރު އަރައި، އިރު އޮއްސޭ މަންޒަރު ފެންނަ އިރު، އެތަންތަނުގެ އެތެރޭގައި އަދި ބޭރުގައި ފެންވެރޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ދެ ކޮޓަރިއާއި، ބޮޑު ޕްރައިވެޓް ޕޫލަކާއި އެކު ހަދާފައިވާ ފަސް ގްރޭންޑް ރެޒިޑެންސް އެ ރިސޯޓުގައި ހުރެއެވެ. ކޮށްދިއްޕަރު ރިސޯޓު ޑިޒައިންކޮށްފައި ވަނީ އެމެރިކާގެ ހޮސްޕިޓެލިޓީ ޑިޒައިން ކުންފުނި، ހާޝް ބެޑްނަރ އެސޯސިއޭޓްސްއިންނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން