Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

އިންޑޮނޭޝިއާގެ ގަބުރު ވަޅުނުލުމުގެ ސަގާފަތް

2 އޮގަސްޓް 2017 - 18:50

ޙައްވާ އަޒްލީނާ ޢަލީ

ދުނިޔެއަކީ ވަގުތީ އާލަމެކެވެ. ލޯބިވާ މީހުން ދުނިޔެއާއި އަލްވަދާޢު ކިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. ނަމަވެސް މަރުވެދިއުމުން އަހަރެމެންނަށް އޮތީ އެކަން ގަބޫލުކޮށް އެމީހުންގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ.

އިންޑޮނޭޝިއާގެ ޓޮރަޖާން މީހުންނަކީ މިކަން ޤަބޫލްކުރާ ބައެއް ނޫނެވެ. އެމީހުން ޤަބޫލުކުރާގޮތުގައި މަރުވެފައިވާ މީހާގެ ފުރާނަ އަބަދުވެސް ކައިރީގައި ވެއެވެ. އެހެންކަމުން އެމީހުންގެ މައިންބަފައިންނާއި ލޯބިވާ މީހުން ވަޅުނުލައި ބަލަހައްޓަނީ ދިރިހުރި މީހެއް ކަމަށް ދެކިގެންނެވެ. ގަޑިން ގަޑިއަށް ކާން ގެނެސް ހާލު އަހައި ވާހަކަ ދައްކައި ހަދަނީ ބަލި މީހަކަށް ކަންތައް ކުރާ ގޮތަށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި މިގޮތަށް ކަންތައް ނުކޮށްފިނަމަ އެމީހުންގެ ރޫހް އެގެއެއް ފަޅުކޮށްލާނެއެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު ސަންދޯކުގެ ތެރޭ ވަޅުނުލައި ގޭގައި އެތައް އަހަރެއް ވަންދެން ގެންގުޅެއެވެ.

ޓޮރަޖާންގެ މީހުން ޤަބޫލުކުރާ ގޮތުގައި މަރުވެފައިވާ މީހާ އެގޮތައް ގެންގުޅުމުން އެމީހާ މަރުވެދިޔަކަމުގެ ހިތާމައިގައި ކެތްކުރަން ފަސޭހައެވެ. ރާއްޖޭގައި މަރުވެފައިވާ މީހުންގެ މޫނު ބަލާލަން ދާން ގިނަ ކުޑަކުދިން ޖެހިލުންވެއެވެ. ނަމަވެސް އިންޑަނޭޝިއާގެ މިހިސާބުގަޑުގެ ކުޑަކުދިން މަރުވެފައިވާ ކާފައާއި މާމަ ކައިރިއަށް ގޮސް ވާހަކަ ދައްކައި ހަދައެވެ. އެއްވެސް ބިރެއްނެތިއެވެ.

އެތެއް އަހަރަކު ގޭގައި މައްޔިތާގެ ހަށިގަނޑު ބޭއްވުމަށްފަހު ޖަނާޒާ ބާއްވަނީ ވަރަށް ކުލަގަދަކޮށްށެވެ. ޖަނާޒާގެ ކަންތައް  ބައެއްފަހަރު އެތައް ދުވަހަކަށް ދެމިގެންދެއެވެ. ޖަނާޒާއަށްފަހުވެސް މައްޔިތާގެ ހަށިގަނޑު ނަގައިގެން ހަފްލާތަކުގައި ބައިވެރި ކުރުމަކީ މިހިސާބުގަޑުގެ މީހުންގެ ސަގާފަތެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން