Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

110 މިލިއަން އަހަރު ވެފައިވާ ޑައިނަސޯ ކަށިގަނޑެއް

13 އޮކްޓޯބަރ 2017 - 18:00

އާޝިޔާ މުޙައްމަދު

21 މާރިޗު 2011 ގައި މިކަށިގަނޑު ފެނިފައިވަނީ ޝޯން ފަންކަ އަށް އެލްބަރޓާސް މިލެނިއަމް މައިން ތެރެއިންނެވެ. މައިން ތެރޭ ކޮންނަމުން ދިޔައިރު ކުއްލިއަކަށް ހަރު އެއްޗެއްގައި ޖެހުމުން މިއީ އާދައިގެ ގާގަނޑެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ބަލާލިއިރު އޭނާ އަށް ފެނިފައިވަނީ 2500 ޕައުންޑު ގެ ޑައިނަސޯގެ ފޮސިލް އެވެ.

އެލްބަރޓާ މިއުސިއަމް އަށް މި ކަށިގަނޑު ގެންގޮސް އެތަނުގައި މަސައްކަތްކުރައްވާ މާހިރުން މުޅި އެތި ސާފުކޮށް ރަނގަޅަށް އެޔާބެހޭ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާތާ މިހާރު 6 އަހަރު ވެއްޖެއެވެ. މި ކަށިގަނޑަކީ ނޮޑޮސޯ ނަމަކަށް ކިޔާ ޑައިނަސޯ އެއްގެ މޫނުން އުނަގަނޑު ކަށިގަނޑާހަމައަށް އޮތް ބައެވެ.


ކަށިގަނޑު ހަލާކުނުކޮށް އޭގައި ހުރި ބޭކާރު އެއްޗެހިތައް ނެގުމަށް 7000 ގަޑިއިރަށް ވުރެ ގިނައިރު ވީ ކަމަށް ވެއެވެ. އަދި 1100 ކިލޯގެ ވެއްޔާ ގަލާއި އޭގައި ތަތްލަވާފައިވާކަމަށް ވެއެވެ.


ނޮޑޮސޯ ވައްތަރުގެ ޑައިނަސޯ ގައި އެވެރެޖްކޮށް 18 ފޫޓު ދިގު މިނުގައި އަދި ބަރުދަނުގައި 1300 ކިލޯ ހުރިކަމަށް ލަފާކުރެވެއެވެ. އަދި އެއްކޮށް ސާފުކޮށް ނިމިފައިވާ މިކަށިގަނޑު ބަލާލުމަށް މުޅި ދުނިޔެއަށްވެސް ރޯޔަލް ޓިރެލް ދާރުލް އާސާރަށް ޒިޔާރަތްކޮށް ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން