Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

ދުނިޔެ ދެކުނު ބޮޑެތި ހާދިސާތައް

17 އޮކްޓޯބަރ 2017 - 18:00

ފާތިމަތު މުހައްމަދު

ދުނިޔޭގައި އިންސާނުން ދިރިއުޅެމުންދާ އިރު ނުރައްކައުތެރި އަދި ކިތަންމެ ބޭނުންނުވާ ކާރިސާތަކާއިވެސް ދިމާވެއެވެ. ޤުދުރަތީ ނިޔާޢެއް އެއްވެސް އިންސާނަކަށް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. މިގޮތުން މި ކާރިސާތަކަކީ ނުވަތަ ހާދިސާތަކަކީ އެތައް އާޢިލާތަކެއް ބިކަވެ އެތައް އާޢިލާތަކެއް ދުނިޔެއިން ނިމި އެތައްބައެއްގެ މުދާތައް ގެއްލިގެންދާކަމެކެވެ. ހާއްސަކޮށް އިޤްތިސާދީ ގެއްލުމަކީ އަގުކުރެވޭނެ ގެއްލުން ތަކެއް ނޫނެވެ. މިއީ އެ އިޤްތިސާދުތައް ފޫއަޅުވާލި ފަދަ ބޯޑެތި ކާރިސާތަކެކެވެ.

ޓައިޓެނިކްގެ ހާދިސާ

1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގައި އަޜަޤުވި މި ބޯޓަކީ އެ ބޯޓެއްގެ ފުރަތަމަ ދަތުރުވެސް މެއެވެ. މިއީ ދުނިޔޭގެ އެންމެންގެ މެދުގައި މަޝްހޫރު ހާދިސާޢެކެވެ. ﷲއަށް ގޮންޖަހައި ކަލާނގެއަށް ވެސް މި ބޯޓު ފައްތާނުލެވޭނެކަމަށް ބުނެ ބޮޑާކަމާ ކިބުރުވެރިކަމާއެކު ފެށި މިދަތުރު ނިމިގެން ދިޔައީ 1500 ފުރާނައާއިއެކުގައިއެވެ.

ޖައްވީ އުޅަނދު ޗެލަންޖަރުގޮވުން

ޖައްވީ އުޅަނދު ޗެލެންޖަރު ގޮވާފައިވަނީ ބިމުން އުދުއްސައިގަތްތާ 73 ސިކުންތުގެ ތެރޭގަ އެވެ. 28 ޖެނުއަރީ 1986 ގައި ހިނގި މި ހާދިސާ ހިނގައިފާ ވަނީ ފަންނީ ކުށެއްގެ ސަބަބުންނެވެ. މި ހާދިސާގައި ހަލާކުވި ތަންތަނާއި މެޝިންތަކާއި އުޅަނދު އަލުން ބަނުމަށްޓަކައި 5.5 ހާސްމިލިއަން ޑޮލަރު ޚަރަދުވި އެވެ.

ބީ 2 މަތިންދާބޯޓްވެއްޓުން

ބީ 2 މަރުކާގެ ސްޓިލްތު މަތިންދާ ބޯޓު ވެއްޓިފައިވަނީ 23 ފެބްރުއަރީ 2008 ވަނަ އަހަރު ގުއާމް ވައިގެ ބޭހުން އުދުއްސައިގަތް ތަނާ އެވެ. މިއީ ބޮންއަޅާ ބޯޓެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ތެތްފިނީގެ ސަބަބުން ބޯޓުގެ ކޮމްޕިޔުޓަރުގެ ބައެއް ބައިތަކުގެ މަސައްކަތް ހުއްޓުމެވެ. މިއީ ޖައްވުގައި ހިނގި އެންމެ އަގު ބޮޑު ހާދިސާ އެވެ. މި ބޯޓުގެ ދެ ޕައިލެޓުން ވެސް ކުޑައިން ފުންމާލައިގެން ސަލާމަތްވި އެވެ.

ޖައްވީއުޅަނދު ކޮލަންބިއާ

މި ޖައްވީ އުޅަނދު ގޮވައިފާވަނީ ބިމަށް އަނބުރާ އަންނަނިކޮށް ޓެކްސަސް މަތީ އޮއްވަ އެވެ. މި އުޅަނދު ގޮވީ ފިޔަގަނޑުގައި އެޅުނު ލޯވަޅެއްގެ ސަބަބުންނެވެ. 

ކޮންމެއަކަސްއިންސާނުންގެތާރީހުގައި ބޮޑެތި ހާދިސާތަކެއްހިނަގައިފިއެވެ. މިހާދިސަތަކުންއަޅުގަނޑުމެން އިންސާނުންވީ އިބްރަތްލިބިގަނެ ޝުކުރުވެރިވާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން