Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

ހެންޑަރސަން އައިލޭންޑް އިން ދުނިޔޭގެ އެހެން ހުރިހާ ހިސާބަކަށް ވުރެ ގިނަ ޕްލާސްޓިކް ކުނި ފެނުން!

17 މޭ 2017 - 15:32

މަރިޔަމް ލައިސާ

ގާތްގަނޑަކަށް 38 މިލިއަން ޕްލާސްޓިކް ކުނި ވަނީ ހެންޑަރސަން އައިލޭންޑް ގެ ގޮނޑުދޮށަށް އެއްވެފައި ހުއްޓާ ފެނިފައެވެ. ހެންޑަރސަން އައިލޭންޑް އަކީ ދުނިޔޭގެ އެންމެ ފަޅު އަދި ދުރު ރަށް ތަކުގެ ތެރެއިން އެއް ރަށެވެ.

ސައުތު ޕެސިފިކް އޯޝަންގައިވާ ފަޅުރަށް، ހެންޑަރސަން އައިލޭންޑްއިން ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ ޕޮލިއުޝަން އުފައްދާ ބާވަތުގެ ކުނި ވަނީ ފެނިފައެވެ. ޕްލާސްޓިކް އަކީ ޕޮލިއުޝަންގެ %99.8 ހިއްސާއެވެ.

ހެންޑަރސަން އައިލޭންޑް އަކީ އެތަނުގެ މައި އަވަށާއި 5000 ކިލޯމީޓަރު ދުރުގައި ވާތަނެކެވެ. ނަމަވެސް މިތަނުން ދުނިޔޭގެ އެހެން ހުރިހާ ހިސާބުތަކަށް ވުރެ ގިނަ ކުނި ފެނުމަކީ ހައިރާން ވާނެ ކަމެއް ނޫން ހެއްޔެވެ؟

މި ރަށަކީ ވަރަށް ދުރު އަދި ވަރަށް ފަޅު ރަށެއް ކަމުން މި ރަށަށް ޒިޔާރަތް ކުރަމުން ގެންދަނީ ކޮންމެ 5 އަހަރުން އަދި 10 އަހަރުން ދިރާސާ ކުރުމަށްޓަކައެވެ.

މި ހާދިސާއިން ވެސް ޕްލާސްޓިކް ގެ ސަބަބުން ދުނިޔެއަށް އަސަރު ކުރާވަރު ފެނިގެން ދެއެވެ. މި ކުނި ތަކުގެ ތެރޭގައި ކަކުނި ޕްލާސްޓިކް އެއްޗެހި އޭގެ ގެދޮރަށް ހަދައިގެން އުޅުނު ކަމަށް ވެސް ވެއެވެ. އަދި ފެހި ވެލާ އެއްވެސް މި ޕްލާސްޓިކް ތަކުގެ ތެރޭގައި ތާށިވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި މި ދިރާސާއިން ދެއްކި ގޮތުގައި 200 އަށް ވުރެ ގިނަ މަސްމަހާއި މެއްސަށް ނުރައްކާވެފައި ކަމާއި %55 އަށް ވުރެ ގިނަ މޫދު ކައިރީ އުޅޭ ދޫނި އަދި 2 ބާވަތެއްގެ މަސްމަހާ މެއްސަށް ނުރައްކަލާއި ކުރިމަތިލާން ޖެހިފައި އޮތް މަންޒަރު މި ރަށުން ވަނީ ފެނިފައެވެ.

އެހެން ކަމުން ޕްލާސްޓިކް ނައްތާލުމަށްޓަކައި އަޅުގަނޑުމެން ބުރަ މަސައްކަތެއް ކުރަން އެބަ ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން