Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

ޖީއެމް އިން އިންޑިއާއަށް ކާރު އުފައްދައި ދިނުން ހުއްޓާލަން ނިންމައިފި!

21 މޭ 2017 - 12:20

މަރިޔަމް ލައިސާ

ޖެނެރަލް މޮޓޯރސް (ޖީއެމް) އިން އިޢުލާން ކޮށްފައިވަނީ މި އަހަރު ނިމުމާއި އެކު އިތުރަށް އިންޑިއާ މާކެޓަށް ކާރު އުފައްދައި ނުދޭނެ ކަމަށެވެ.

އިންޑިއާގައި ޗެވްރޮލެޓް ބްރޭންޑް ވިއްކާ ކުންފުނި ކަމަށްވާ ޖީއެމް އިން ބުނެފައި ވަނީ، ކާރު އުފެއްދުން ހުއްޓާލި ކަމުގައި ވިޔަސް ކާރު ބަލެހެއްޓުމާ އެއަށް ދޭ ޚިދުމަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މަހަރަޝްތްރާގައި ހުންނަ މި ކުންފުނިން ބޭރު ޤައުމު ތަކަށް ކާރު އުފައްދައި ދިނުން ހުއްޓާ ނުލާނެ ކަމަށާއި އަދި ޚާއްސަކޮށް އެމެރިކާގެ ހިސާބުތަކަށް އުފައްދައި ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، ޖީއެމްގެ ވިޔަފާރީގެ މަޝްރޫޢަށް ބަދަލު ގެނައުމާއި އެކު ދެކުނާއި ހުޅަނގު އެފްރިކާގެ ޤައުމުތަކަށް ވެސް ކާރު އުފައްދައި ނުދޭން ރާވާފައިވާކަން އެ ކުންފުނިން ވަނީ އިޢުލާންކޮށްފައެވެ.

އެމެރިކާގެ ކާރު އުފައްދާ ފަރާތެއް ކަމަށްވާ ޖީއެމް އިން ބުނެފައިވަނީ ދެކުނު އެފްރިކާގައި ވެސް ކާރު އުފެއްދުން ހުއްޓާލުމަށްފަހު އެތަނުގައި ކާރު އުފައްދަމުން ދިޔަ ކުންފުނި އިސޫޒޫ މޮޓޯރސް އަށް ވިއްކާލުމަށް ނިންމާފައިވާކަމަށެވެ. އަދި އިސޫޒޫއިން ހުޅަނގު އެފްރިކާގެ ކުންފުނީގެ %57.7 ޙިއްސާ ގަންނާނެ ކަމަށާއި އެތަން ބަލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެފަރާތުން ކަމަށް ފާހަގަ ކުރިއެވެ. އަދި މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ފައިސާ ރައްކާ ކުރުން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން