Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

އިންޑިއާއިން ވެސް ޖީއެސްޓީ ނަގަން ފަށައިފި

2 ޖުލައި 2017 - 16:00

މަރިޔަމް ލައިސާ

އިންޑިއާގައި ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޖީއެސްޓީ) ނަގަން ފަށައިފި އެވެ.

އިންޑިއާގައި ކުރިން ނަގަމުން ގޮސްފައިވަނީ ސްޓޭޓް ޓެކްސްތަކެވެ. ނަމަވެސް ޓެކްސް ނެގުމުގެ ޤާނޫނަށް ބަދަލުތައް ގެނެސް ކުރިން ނަގަމުން ގެންދިޔަ ސްޓޭޓް ޓެކްސްތައް އުވާލުމަށްފަހު ޖީއެސްޓީ ނަގަން ފަށައިފިއެވެ. މިގޮތަށް ޓެކްސް ނެގުމުގެ ޤާނޫނަށް ބަދަލު ގެނެވިފައިވަނީ ރޭގަނޑުގެ ވަގުތެއްގައި އިންޑިއާގައި ބޭއްވުނު މަޖިލީސް ބައްދަލުވުމެއްގައެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ޖީއެސްޓީ ތަޢާރަފް ކުރުމުގެ ސަބަބުން ޓެކްސް ރެވެނިއު އިތުރުވެ، ޤައުމުގެ އިޤްތިޞާދު ކުރިއަރައިގެންދާނެ އެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިތުލީ ވިދާޅުވެފައިވާ ގޮތުގައި އަލަށް ގެނެވުނު ބަދަލާއި ގުޅިގެން އިޤްތިޞާދަށް %2 ގެ ކުރިއެރުމެއް ލިބިގެންދާނެއެވެ. ނަމަވެސް ގިނަ ވިޔަފާރިވެރިން ވަނީ އެބަދަލުތަކަށް އަމަލުކުރުމަށް އިތުރު ވަގުތަށް އެދިފައެވެ. އެއީ ގިނަ ވިޔަފާރިތަކުގައި ޖީއެސްޓީ ނެޓްވޯކަށް ރަޖިސްޓްރީ ކުރާނެ ކޮމްޕިއުޓަރެއް ނެތުމުންނެވެ.

މިހާރު ގެނެވުނު ބަދަލުތަކާއިއެކު، މުދަލާއި ޚިދުމަތްތަކުން ޖީއެސްޓީ ނަގާނީ ތަފާތު ހަތަރު ރޭޓަކުންނެވެ. އެއީ %5، %12، %18 އަދި %28 އެވެ.

އެހެންނަމަވެސް ތަރުކާރީ އާއި ކިރުފަދަ ބައެއް ތަކެތިން ޖީއެސްޓީ ނުނަގާނެ ކަމަށް ވެއެވެ. ނަމަވެސް އެ އެއްޗެހިން އެހެނިހެން ޓެކްސްތައް ކުރިއެކޭ އެއްފަދައިން ނަގާނެ ކަމަށް ވެއެވެ.

ޓެކްސްގެ ޤަވާއިދަށް ގެނެވުނު ބަދަލާއި ގުޅިގެން އިންޑިއާގައި މުދަލާއި ޚިދުމަތްތަކުގެ އަގު ބޮޑުވާނެ ކަމަށް ލަފާ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން