Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

އައިފާ އެވޯޑް 2017

20 ޖުލައި 2017 - 08:51

ޙައްވާ މައިޝާ އިބްރާހީމް

އަހަރަކު އެއްފަރު މުޅި ބޮލީވުޑް އަށް އަންނަ އީދެއްފަދައިން އައިފާ އެވޯޑް ފާހަގަ ކުރެވިގެންދަނީ އެންމެ ކުލަގަދަކޮށެވެ. ދުނިޔޭގެ ކޮންމެ ވެސް އެއް ޤައުމެއްގައި އަހަރަކު އެއްފަހަރު މި އެވޯޑް ޝޯ ފާހަގަކުރެއެވެ. 2016 ވަނަ އަހަރު ސްޕެއިން ގެ މެޑްރިޑް ގައި ފާހަގަ ކުރެވުނު އިރު މިއަހަރު މި ޝޯ ފާހަގަކުރެވިގެން ދިޔައީ ޔުނައިޓެޑް ސްޓޭސްގެ ނިއުޔޯކް ސިޓީގެ ހަލަބޮލި މައުހާލުގައެވެ. ބޮލީވުޑްގެ ތަރިންނަށް ސަޕޯޓްކުރާ ގިނަ ބަޔަކު މި ޝޯ ބެލުމަށާ ތަރިންނާއިއެކު ފޮޓޯނެގުމަށާއި އޮޓޯގްރަފު ހޯދުމަށްޓަކައި މި ޝޯ އަށް ޒިޔާރަތް ކުރިއެވެ.

އައިފާ އެވޯޑް އަކީ "އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް" ގެ ނަމުގައި، އާޓިސްޓުންގެ މޮޅުކަމާއި އަދި އެހެނިހެން ޓެކްނިކަލް މަސައްކަތްކުރާ ފަންނުވެރިންގެ ހުނަރުވެރިކަން ފާހަކަ ކުރުމަށްޓަކައި އިންޑިއަން ފިލްމް އިންޑަސްޓްރީއަށް ބޭއްވޭ ޙާއްސަ ޝޯއެކެވެ.

2017 ވަނަ އަހަރު އެވޯޑް ދިން ރޯލް ތަކާއި ކާމިޔާބު ކުރި ދަރިން.

1. ބެސްޓް ފީމޭލް ޕްލޭބެކް

ކަނިކާ ކަޕޫރް (ދާ ދާ ދައްސައޭ) މިލަވައަށް އަދި ތުލްސީ ކުމާރް (ސޯޗްނާ ސަކޭ) މިލަވައަށެވެ.

2. ބެސްޓް މޭލް ޕްލޭބެކް

އަމިތް މިޝްރާ (ބުލެޔާ) މިލަވައަށެވެ.

3. ބެސްޓް ލިރިސިސްޓް

އަމީތާބް ބައްޓަޗަރިޔާ (ޗައްނަ މޭރޭޔާ)

4. ބެސްޓް އެކްޓާ

ޝާހިދް ކަޕޫރް (އުދްތަ ޕަންޖާބް)

5. ބެސްޓް އެކްޓްރެސް

އާލިޔާ ބަޓް (އުދްތަ ޕަންޖާބް)

6. ސްޓާ ޑެބިއުޓް އޮފް ދި އިޔާ - ފީމޭލް

ދިޝާ ޕަޓާނީ (އެމް.އެސް. ދޯނީ: ދި އަންޓޯލްޑް ސްޓޯރީ)

7. ސްޓާ ޑެބިއުޓް އޮފް ދި އިޔާ – މޭލް

ދިލްޖީތް ދޮސާންޖީ (އުދްތަ ޕަންޖާބް)

8. ބެސްޓް ޕާފޯމެސް އިން އަ ކޮމިކް ރޯލް

ވަރުން ދަވަން (ދިޝޫމް)

9. ބެސްޓް ޕާފޯމެސް އިން އަ ނެގެޓިވް ރޯލް

ޖިމް ސާބް (ނީރްޖާ)

10. ބެސްޓް ސަޕޯޓިގް އެކްޓްރެސް

ޝަބާނާ އާޒްމީ (ނީރްޖާ)

11. ބެސްޓް ސަޕޯޓިގް އެކްޓާ

 އަނޫޕަމް (އެމް.އެސް. ދޯނީ: ދި އަންޓޯލްޑް ސްޓޯރީ)

12. ބެސްޓް ސްޓޯރީ

ޝަކުން ބަޓްރާ އަދި  އައިޝާ ދެވިތްރެ (ކަޕޫރް އެންޑް ސަންސް)

13. ބެސްޓް މިއުޒިކް ޑިރެކްޓާ

ޕްރިތަމް ޗަކްރަބޯޓީ (އޭދިލްހެ މުޝްކިލް)

14. ބެސްޓް ޑިރެކްޓާ

އަނުރިއްދާ ރޯއި ޗޯދްރީ (ޕިންކް)

15. ބެސްޓް މޫވީ

ނީރްޖާ (ސްޓާ ސްޓޫޑިޔޯޒް)

މުޅި ޖުމްލަ ފަނަރަ އެވޯޑާއެކު ކުރިއަށް ގެންދިޔަ މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފައްނާނުންތަކެއް ބައިވެރިވެފައިވާ އިރު ޝޯގައި ބައިވެރި ނުވެވޭ ފަންނާނުންގެ އަދަދުވެސް ފާހަގަ ކުރެވޭވަރަށް ގިނައެވެ. އޭގެތެރޭގައި ކަރީނާ ކަޕޫރް އަދި ޕިރިޔަންކާ ޗޯޕްރާ ހިމެނެއެވެ. އަދި މީގެ އިތުރުން ފާހަގަ ކޮއްލެވޭ ކަމަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕިރިޔަންކާ ޗޯޕްރާ މި ޝޯ ދޫކޮށްލައި ރާއްޖޭގައި އާއިލާ އެކު ޗުއްޓީ ހޭދަކުރަމުން ދާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން