Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ރަންބީރް ކަޕޫރް ކަރަން ޖޯހަރްއާއި އިދިކޮޅުބާ؟

20 ޖުލައި 2017 - 19:15

ޢައިޝަތު ނައުރާ

ރަންބީރް ކަޕޫރްއަކީ ބޮލީވުޑްގެ އެންމެ ނަންވިދާ އެއް ތަރިއެވެ. އަދި ރަންބީރް ކަޕޫރް ވަނީ ކަރަން ޖޯހަރްއާއި އެކުވެސް އެތަކެއް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ކަރަން ޖޯހަރްގެ ޝޯއެއް ކަމަށްވާ "ކޮފީ ވިތް ކަރަން" އާއި ދޭތެރޭ ހިތްހަމަ ނުޖެހުންތަކެއް ރަންބީރް ވަނީ މީޑިއާ އާ ހިއްސާ ކޮށްފައެވެ.

ކަރަން ޖޯހަރަކީ ބޮލީވުޑްގެ ނަން މަޝްހޫރު ޑައިރެކްޓަރެކެވެ. އަދި ކަރަން ގެ މި ޝޯ އަކީ އެކި އެކި ތަރިންނަށް ދައުވަތުދީގެން އެމީހުންނާއި އެކު އެކި މަޖާކުރުމާއި އެކު ކުރިއަށްދާ ޝޯއެކެވެ. އެހެން ނަމަވެސް، ރަންބީރު ދެކޭ ގޮތުގައި، "އަހަރެމެން ބޭނުން ކޮށްގެން ކަރަން ލާރި ހޯދާއިރު މީގެން ހުރިހާވެސް ނޭދެވޭ އަސަރެއް ކުރަނީ އަހަރެމެންނަށް، އަދި މިއީ ޤަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން". ރަންބީރުވަނީ މީޑިއާގައި މިހެން ބުނެފައެވެ.

ރަންބީރު މިބުނާ އެއްޗެއް އަންދާޒާ ކޮށްލެވިދާނެއެވެ، ކުރީގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތަރިންވެސް އެ ޝޯއަށް ގެންގޮސް ކުރެވޭ ސުވާލުން އެމީހުން ހިތްހަމަ ނުޖެހޭ ގޮތް ދިމާނުވަކީވެސް މީގެ ކުރިން ހިނގާފައިވާ ކަންކަމެވެ. މީގެ ތެރެއިން ރަންބީރު ކަޕޫރް އާއި ދީޕިކާ ގެ ފަހުން ދީޕިކާ ގުޅިފައިވާ ތަރި ރަންވީރް ސިނގް އަދި ރަންބީރް ކަޕޫތް އެއް ޝޯއެއްގައި ވަނީ ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން، ރަންބީރު އާއި އަނުޝްކާ ޝަރްމާވެސް ވަނީ މި ޝޯ ނިމުމަކަށް ގެނެވޭތޯ މަސައްކަތް ފަށަން ނިންމާފައެވެ. އަދި ސުވާލަކީ މި ތަރިން މިގޮތަށް ކަންތަށް ކޮށްފިޔާ ޝޯ ހުއްޓުވޭނެބާއެވެ؟

އަދި މިކަމާއި ބެހޭގޮތުން ކަރަން ޖޯހަރު ދެކެނީ ކިހިނެތް ބާއެވެ؟

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން