Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ދޮބާރާ ގެ ޓްރެއިލާރ، ވަރަށް ބިރުވެރި!

10 މޭ 2017 - 11:20

މަރިޔަމް ލައިސާ

އެއްބަނޑު އެއްބަފާ ދެމީހުން ކަމުގައިވާ ހުމާ ޤުރޭޝީ އަދި ސާޤިބް ސަލީމް ކޮއްކޮ އާއި ބޭބެއެއްގެ ރޯލް ޕްރަވާލް ރާމަން ޑައިރެކްޓް ކޮށްފައިވާ "ދޮބާރާ-ސީ ޔޯ އީވިލް" ފިލްމުގައި ފެނިގެންދާނެއެވެ. މި ފިލްމަކީ، މައިކް ފްލެނެގަން 2014 ވަނަ އަހަރު ޑައިރެކްޓްކޮށް ނެރެފައިވާ ޚިޔާލީ ބިރުވެރި ހޮލީވުޑް ފިލްމެއް ކަމަށްވާ "އޮކިއުލަސް" ފިލްމުން ޚިޔާލު ނަގައިގެން އުފައްދާފައިވާ ފިލްމެކެވެ.


މި ފިލްމުގެ މުޅި ވާހަކަ ވަނީ ލޯގަނޑެއްގެ ސަބަބުން ހިނގާ ބިރުވެރި ޚާދިސާ ތަކަކަށް ބިނާ ކޮށްފައެވެ. ފިލްމުގައި ނަތާޝާގެ ގޮތުގައި ފެނިގެންދާ ހުމާ ގުރޭޝީ ފިލްމުގައި ޤަބޫލްކުރާ ގޮތުގައި އެ ލޯގަނޑާ އޭނާގެ މައިންބަފައިންގެ މަރާ ގުޅުމެއްވާ ކަމަށެވެ. ނަމަވެސް ކަބީރްގެ ގޮތުގައި ފިލްމުގައި ފެނިގެންދާ ސާޤިބް ސަލީމް މިކަމާއި އެއްބަސް ނުވާކަމަށް ޓްރެއިލާއިން ފެނިގެން ދެއެވެ. އަދި ދެމީހުން އެއްކޮށް އެދެމީހުންގެ މައިންބަފައިން މަރުވި ގޮތުގެ ހަޤީގަތް ހޯދަން ނުކުމެ އުޅޭ މަންޒަރުވެސް މި ޓްރެއިލާ އިން ފެނިގެންދެއެވެ. މި ފިލްމުގައި މި ދެ ފިލްމީ ތަރިންގެ އިތުރުން، އާދިލް ހުސެއިން، ލިސާ ރޭ، ރިއާ ޗަކްރަބޮޓީ އަދި މަދަލީނާ ބެއްލާރިއު ލޮން ހަރަކާތްތެރިވާނެއެވެ. އަދި "ދޮބާރާ" މި ފިލްމު 2 ޖޫންގައި ސިނެމާތަކުގައި އަޅުވަން ފަށާނެ ކަމަށް ވެއެވެ.


މި ފިލްމުގެ ޓްރެއިލާ ތިރީގައި މިވާ ލިންކް އިން ފެނިގެންދާނެއެވެ. އަދި މި ފިލްމް މިއީ 18 އަހަރުން މަތީގެ ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ ފިލްމެކެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން