Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ޝްރައްދާގެ އަސްލު ބޭބެ ސްކްރީނަށް!

10 މޭ 2017 - 12:08

މަރިޔަމް ލައިސާ

ވަރަށް އަވަހަށް ނެރެން އުޅޭ "ހަސީނާ: ދަ ކުއީން އޮފް މުމްބާއި" ފިލްމުގައި ޝްރައްދާގެ ބޭބެއެއްގެ ރޯލް އަދާކުރަނީ ޝްރައްދާގެ އަސްލު ލޭ ކަމަށްވާ ސިއްދާންތް ކަޕޫރެވެ. ސިއްދާންތް މި ފިލްމުގައި ހަރަކާތްތެރި ވާނީ އަންޑަވޯލްޑް ޑޮން ދާވޫދް އިބްރާހިމް ގޮތުގައެވެ. އަދި ޝްރައްދާ ފެނިގެންދާނީ އޭނާގެ ކޮއްކޮ ހަސީނާގެ ގޮތުގައެވެ.


30 އަހަރުގެ ފިލްމީ ތަރި ޝްރައްދާ އިންސްޓަގްރާމް އެކައުންޓްގައި ބޭބެ ކުރިއަށް ނުކުންނަން އުޅޭ ފިލްމުގައި ހުންނާނެ ގޮތުގެ ދެފޮޓޯއެއްވަނީ ޙިއްސާކޮށްފައެވެ. މީގެން އެއް ފޮޓޯގަނޑުގައި ސިއްދާންތް ވަރަށް ޒުވާން ކަމަށް ދައްކާއިރު ދެވަނަ ފޮޓޯ ގަނޑުގައި ތަންކޮޅެއް މުސްކުޅި ކަމަށް ދައްކައެވެ.


މި ފޮޓޯ އިންސްޓަގްރާމްގައި ޙިއްސާ ކުރަމުން ޝްރައްދާ ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމުގައި ވެެސް އަދި ހަޤީގަތުގައި ވެސް ބޭބެކަމަށްވާ ސިއްދާންތް ތަޢާރަފުކުރަން ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ފޮޓޯ ޙިއްސާ ކުރަމުން ޒުވާން އަދި މެދުއުމުރުފުރާގެ ބޭބެގެ ގޮތުގައި ލިޔެފައިވެއެވެ. އަދި "ހަސީނާ" ފިލްމް ނުކުންނަން އުޅޭ ކަމަށްވެސް އެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.


ހަމަ މިފޮޓޯ ސިއްދާންތް ޓްވިޓާގައި ޙިއްސާކޮށްލަމުން ބުނެފައިވަނީ ބޭބެ ބަދަލުވާނެ ގޮތް ކަމަށެވެ.

މި ފިލްމުގައި ސިއްދާންތް 20 އަހަރުން ފެށިގެން 40 އަހަރުވުމާއި ހަމައަށް ހިނގާ ހުރިހާ ކަމެއް ދައްކަދޭނެއެވެ. ސިއްދާންތް ވަނީ މި ފިލްމު ކުޅުމަށްޓަކައި 9 ކިލޯ ބަރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން