Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ސަލްމާން ޚާން އެއްފަހަރާ ދެފިލްމެއްގެ މަސައްކަތުގައި!

25 ޖުލައި 2017 - 15:33

ޢައިޝަތު ނައުރާ

އަހަރެމެންނަށް އިނގޭ ގޮތުގައި ސަލްމާން ޚާން އަކީ ކެނޑިނޭޅި މަސައްކަތުގައި ވަރަށް ބުރަކޮށް އުޅޭ ތަރިއެކެވެ. އަދި މިހާރު އިނގޭ ގޮތުގައި، ސަލްމާން ދަނީ "ޓައިގާ ޒިންދާހޭ" ގެ މަސައްކަތުގައި މޮރޮކޯގައި ޝޫޓް ކުރަމުންނެވެ. އަދި މިއީ ސަލްމާން އަދި ކެޓްރީނާ ކައިފް އެކުގައި ކުރިން ފެނުނު ފިލްމް ކަމަށްވާ "އެކް ތާ ޓައިގާ" ގެ ދެވަނަ ބައެވެ.

އެހެންނަމަވެސް، އެނގިފައިވާ ގޮތުގައި ސަލްމާން ވަނީ އިތުރު ފިލްމަކަށް ވެސް މަސައްކަތް ކުރަން ފަށާފައެވެ. ވީމާ، މޮރޮކޯގައި ޝޫޓިނގްގައި އުޅެމުން ސަލްމާން ވަނީ ރެމޯ ދި ސޫޒާ ގެ ނެށުމުގެ ފިލްމަކަށް މަސައްކަތް ފަށާފައެވެ.

ސަލްމާން ފެނިގެންދާނީ ވަރަށް ހިޕްހޮޕް ނެށުމެއްގެ ތެރެއިންނެވެ. އެހެންކަމުން ސަލްމާން ދަނީ ރެމޯގެ ޑާންސް އިންޑިއާ ޑާންސްގެ ސާޖަން ސިނގް ކާރިން ކްލާސް ތަކެއް ނަގަމުންނެވެ. އަދި ރެމޯ ވަނީ މޮރޮކޯގައި ސަލްމާންއަށް މި ކްލާސްތަށް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖައްސައިދީފައެވެ. އެހެން ކަމުން، މޮރޮކޯގައި ހިނގަމުންދާ ސޫޓިންގްއަށް އެއްވެސް ބުރައެއް ނާރާ ސަލްމާންއަށް މިކަން ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން