Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ބޮލީވުޑްގައި ޢާއިލާގެ މީހެއްނެތި މަޤުބޫލުކަން ހޯދި ތަރިން!

26 ޖުލައި 2017 - 18:21

ޢައިޝަތު ނައުރާ

ބޮލީވުޑްއަކީ ގިނައިން މުޅިއާއިލާ ހެން ކުރިއަރަމުން އަންނަ ތަނެކެވެ. އަދި ވަރަށް މަދުން ނޫނީ، އެކަނި މައި އެކަނި މި މައިދާނަށް ނިކުމެ އަމިއްލަ ނަން ރޯޝަން ކުރާ ތަރިންވެސް އުޅެއެވެ. އެހެންނަމަވެސް، ބޮލީވުޑްގައި ގިނައީ އާއިލާ މީހަކު އުޅުމުން އޭގެން މަޝްހޫރުކަން ހޯދާ ތަރިންނެވެ. އެހެންނަމަވެސް، ތިރީގައި މިވަނީ އެކަނި ބުރަ މަސައްކަތުން މަޤުބޫލުކަން ހޯދާފައިވާ ތަރިންނެވެ.

1. ރަންވީރް ސިންގް

ރަންވީރް ގެ ބައްފައަކީ ވިޔަފާރިވެރިއެކެވެ. އަދި ބޮލީވުޑްއާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. އެހެން ނަމަވެސް، ރަނވީރްއަކީ ބޮލީވުޑްގެ އެންމެ ކުރިއަރަމުން އަންނަ އެއް ތަރިއެވެ. އޭނާ ގެ އަމިއްލަ ނެށުމުގެ ހުނަރާއި އެކްޓް ކުރުމުގެ ހުނަރުން އޭނާ ވަނީ މި މަގުބޫލުކަން ހޯދާފައެވެ.

2. ސުޝާންތް ސިނގް ރާޖްޕުތް

ސުޝާންތްއަކީ ޑްރާމާ ސިލްސިލާއަކުން މަޝްހޫރުވެ ބޮލީވުޑްގެ ދާއިރާއަށް ނުކުތް ތަރިއެކެވެ. އަދި އެއްވެސް ފިލްމީ ތަރިއެއްގެ އާއީލީ ގުޅުމަކާއި ނުލާ ސުޝާންތް މިވަނީ މި މަގުބޫލުކަން ހޯދާފައެވެ.

3. ދީޕިކާ ޕާޑުކޯން

ދީޕިކާއަކީ ހަމަ ދެވަނައެއް ނެތްފަދަ ބޮލީވުޑް ތަރިއެކެވެ. ދީޕިކާ ބައްފައަކީ ބެޑްމިންޓަން ކުޅުންތެރިއެކެވެ، އަދި ބޮލީވުޑްއާއި އެއްވެސް ގުޅުމެއް ނެތެވެ.އެހެންނަމަވެސް، އާއިލާގެ އެއްވެސް ގުޅުމެއް ނެތިވެސް ދީޕިކާ މިވަނީ އޭނާގެ ކުޅަދާނަކަން ދައްކާލާ މުޅި ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައެވެ.

4. ސިދާތް މަލްހޯތްރާ

ސިދާތްއަކީ ވެސް ބޮލީވުޑްގައި އެއްވެސް އާއިލާގެ މެންބަރެއް ހުރި ތަރިއެއް ނޫނެވެ. އެހެންނަމަވެސް، އޭނާގެ ކުޅަދާނަކަމުން، ކަރަން ޖޯހަރް ފަދަ ބޮޑު ޑައިރެކްޓަރެއް މިވަނީ އޭނާއަށް ފިލްމަކުން ޖާގަދީ އޭނާގެ ހުނަރު ދައްކައިދޭނެ ފުރުސަތުހޯދާއިދީފައެވެ. އަދި މީހަރު މިއީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ތަރިއެކެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން