Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ސުރްބީ ޖްޔޯތީ ކޮމެޑީ ޝޯއަކުން!

30 ޖުލައި 2017 - 21:15

ޢައިޝަތު ނައުރާ

ސުރްބީ ޖްޔޯތީއަކީ ދިވެހިންގެ ތެރޭގައި "ޒޯޔާ" ގެ ނަމުގައި މަޤުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. ލޯބީގެ ސިލްސިލާތަކުގައި މަސައްކަތް ކުރުމަށްފަހު، ސުރްބީ މިހާރު އެހެން މަސައްކަތަކާއި ދިމާއަށް އެނބުރިލަނީ އެވެ. މަޖާ އަދި ކޮމެޑީގެ ބަޔަށެވެ. "ކޮމެޑީ ކާ ދަންގަލް" ކިޔާ ކޮމެޑީ ޝޯއެއްގައެވެ. މިއީ ސުރްބީ އަލަށް ކޮމެޑީއިން ފެންނަ ފަހަރެއް ނޫނެވެ. އެހެންނަމަވެސް ކުރިން ފެނިފައިވާނީ ލޯބީގެ ސިލްސިލާ ތަކުންނެވެ.

މި ޝޯގައި ސުރްބީ ފެނިގެން ދާނީ އިތުރު ކޮމެޑީ އެކްޓަރ އަދި އެކްޓްރެސުންނާއި އެކުގައެވެ. މީގެ ތެރެއިން އަނީތާ ހަސަންދަނި، ކަމްޔާ ޕުންޖާބީ، ޕޫޖާ ބަނެރްޖީ، ޑެބީނާ ބަނެރްޖީ، ރަވީނާ ތަންޑަން އަދި ރާޖޭސް ކުމާރްއެވެ.

ކޮމެޑީގައި ނަން މަޝްހޫރު ބާރްތީ ސިންގްވެސް މި ޝޯގައި އިސް ރޯލަކުން ފެނިގެންދާނެ ކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ޝޯ ހުށަޙަޅާދޭނީ އާރްޖޭ މަންތްރްރާ އަދި ޕަރިތޯޝް ކްރިޕަތީ އެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން