Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ރިތިކް ދެން ފެނިގެން ދަނީ 'ކަބައްޑީ" ކުުޅުންތެރިއެއް ގޮތުގައިބާ؟

31 ޖުލައި 2017 - 19:00

ޢައިޝަތު ނައުރާ

ރިތިކް ރޯޝަން އަކީ ބޮލީވުޑްގެ ދެވަނައެއް ނެތް ފަދަ ތަރިއެކެވެ. އަދި މިއަހަރު ކުރީ ކޮޅު ނިކުތް އޭނާގެ ފިލްމެއް ކަމަށްވާ "ކާބިލް" އަށް ފަހު އޭނާ އެހެން ފިލްމަކުން ފެނިގެންގޮސްފައެއް ނުވެއެވެ. އެތަކެއް ޑައިރެކްޓަރުންނާއި ފިލްމީ ދާއިރާގެ ފަރާތުން ތައުރީފުގެ ބަސްތަކަށް ވުރެ އޭނާއަށްވަނީ 2017 ވަނަ އަހަރުގެ ފުރަތަމަ ދަންފަޅީގެ އެންމެ މޮޅު އެކްޓަރަކަށްވެސް ހޮވިފައެވެ. އަދި "ކާބިލް" އަށް ފަހު ދެން ރިތިކް ފެނިގެންދާނެ ފިލްމަކަށް ބެލުންތެރިންވަނީ ކެތްމަދުވެފައެވެ. އަދި މިހާރު އަޑު އިވިފައިވާ ގޮތުގައި ރިތިކް ދެން ފެނިގެންދާނީ ކަބައްޑީ ކުޅުންތެރިއެއްގެ ގޮތުގައި ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ފިލްމަކުން ނެވެ.

އަދި އިނގިފައިވާގޮތުގައި އެ ޓީމްއާއި އެކު ރިތިކް ދަނީ ތަމްރީނުގެ މި ފިލްމަށް ތައްޔާރުވަމުންނެވެ. މި ފިލްމްގެ އިތުރުން ރިތިކް ދެން ފެނިގެން ދާނީ ކްރިޝް 4އުން ނެވެ. އަދި މި ފިލްމަށް ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރު ފަހުކޮޅު ޑިސެންބަރ ހިސާބުއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން