Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

މިއީ ލާމަސީލު ރަހުމަތްތެރިންނެވެ!

3 އޮގަސްޓް 2017 - 18:11

ޢައިޝަތު ނައުރާ

މި ފެށޭ ހަފްތާއަކީ ބައިނަލް އަގުވާމީގޮތުން ރަހުމަތްތެރިންގެ ދުވަސް ފާހަގަ ކުރާ ދުވަހަށް ވުމާއެކި ބޮލީވުޑްގެ ދެވަނައެއް ނެތް ފަދަ ރަޙުމަތްތެރިންނަށް ނަޒަރު ހިންގާލަމާތޯއެވެ.

ޝާހްރުކް ކާން އަދި ސަލްމާން ކާން

ޝާހްރުކް އަދި ސަލްމާން އަކީ ބޮލީވުޑްގެ އެކުވެރިކަމުގެ މިސާލެކެވެ. އެހެންނަމަވެސް، އެމީހުންގެ ހަޔާތުގައި ކުޑަ ގޮންޖެހުންތަކަކާއި ކުރިމަތި ލުމަށް ފަހު އަނެއްކާ ވެސް ދެތަރިން މިހާރު ފެނިގެންދަނީ ކުރިއަށްވުރެ އެކުވެރިކޮށެވެ. މިއީ ހަމަ މިސާލެއް ފަދަ ބައެކެވެ.

ރަންވީރް ސިންގު އަދި އަރްޖުން ކަޕޫރް

މިއީ އެކަކު އަނެކަކަށް އަބަދުވެސް ބަލާނެ ދެ ރަހުމަތްތެރިންނެވެ. މިދެތަރިންގެ ރަހުމަތްތެރިކަން ފެށުނީ "ގުންޑޭ" ފިލްމްގެ ޝޫޓިންގ ތެރެއިންނެވެ. އަދި އޭރުންސުރެއް ބަދަލެއް ނުވާ ގާތްކަމެއް މި ދެތަރިން ގެންގުޅެއެވެ. އަދި އަމިއްލަ މަސައްކަތުގައި އުޅެމުންވެސް އަނެކަކުގެ ފިލްމްގެ ޕްރޮމޯޝަންގައި އަވަދި ނެތި އުޅޭތަން ފެނެއެވެ.

ކަރީނާ ކަޕޫރް އަދި އަމްރީތާ އަރޯރާ

މިއީވެސް އަހަރުތަކެއްގެ ރަހުމަތްތެރިކަމެއް އޮންނަ ދެތަރިންނެވެ. މި ދެތަރިން އެކުގައި އުޅެމުން އަދި ގުޅުންވެސް ދަނީ ދުވަހުން ދުވަހަށް ވަރުގަދަ ވަމުންނެވެ. މިއީ ރަހުމަތްތެރިކަމުގެ ލަނޑުދަނޑިއޭ ބުންޔަސް ގޯހަކަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން