Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ބޮލީވުޑްގެ 2017ގެ އުފެއްދުންތަށް!

5 އޮގަސްޓް 2017 - 10:15

ޢައިޝަތު ނައުރާ

ބޮލީވުޑްއަކީ ދިވެހިންވެސް ވަރަށް ފޯރިއާއި އެކު ބަލާ ކަންކަން ހޯދަމުންދާ އިންޑަސްރީއެކެވެ. އަދި ބޮލީވުޑްގެ ފިލްމްތަކަކީ ހަމަ އެހާމެ މަގުބޫލު ފިލްމްތަކެއްވެސް މެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ބޮލީވުޑްގެ އެތަކެއް ފިލްމްތަކެއް ނުކުމެއްޖެއެވެ. މީގެ ތެރެއިން އެއްބައި ފިލްމް ވަރަށް މަޝްހޫރުވިއިރު އަނެއްބައި ފިލްމަށް އެހާ ތަރުހީބެއް ލިބިފައެއް ނުވެއެވެ. ތިރީގައި މިވަނީ ބޮލީވުޑްއުން 2017ގައި ނެރެފައިވާ ފިލްމް ތަކުގެ ލިސްޓެކެވެ.

1. ރައީސް

2. ކާބިލް

3. އޯކޭ ޖާނޫ

4. ބާހުބަލީ 2

5. ޖައްގާ ޖާސޫސް

6. ޖަބް ހެރީ މެޓް ސޭޖަލް

7. ރަންގޫން

8. ޓިއުބްލައިޓް

މި ލިސްޓްގައި މި ފެނިގެންދަނީ މިހާތަނަށް ބޮލީވުޑްއުން ނެރެފައިވާ ފިލްމްތަކެވެ. އަދި މީގެ ތެރެއިން ފާހަގަ ކޮށްލެވެނީ 'ޖަބް ހެރީމެޓް ސޭޖަލް" އެއީ މި ހުކުރުދުވަސް ކަމަށްވާ އޮގަސްޓް 4ގައި ނުކުތުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މިހާތަނަށްވެސް ކަމުގެ މާޙިރުން ބުނެފައިވާ ގޮތުގައި މި ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެއެވެ. އަދި ފުރަތަމަ ހަފްތާ ތެރޭގައިވެސް މި ފިލްމް 4ކަރޯޑް ހާސިލް ކުރާނެ ކަމަށް ކަމުގެ މާހިރުން މިވަނީ ބުނެފައެވެ. ވީމާ، މިއީ ނުބަލާ ދޫކޮށްލާ ވަރު ފިލްމެއް ނޫންކަން ފާހަގަކޮށްލަމެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން