Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ކަރަން ޖޯހަރް އެހެން ފިލްމަކަށް ތައްޔާރުވަނީބާ؟

6 އޮގަސްޓް 2017 - 16:44

ޢައިޝަތު ނައުރާ

ރަންބީރް ކަޕޫރް، ކަރަން ޖޯހަރް އަދި ސިދާތް މަލްހޯތްރާ ވަނީ ހޮނިހިރު ދުވަހު ރޭގަނޑުގެ ކެއުމަށް ބައްދަލުކޮށްފައެވެ. އަދި ފެންނަ ފެނުމަށް 3 ތަރިންވެސް ހުރީ ކަޅު ކުލައިގެ އެއްޗެހި ލައިގެންނެވެ. މިއީ ރާވާއިގެން ހެނެއް ހިއެއް ނުވެއެވެ. މި ތިން ތަރިން އެކުގައި ފެނިފައިވާއިރު، ރަންބީރް އަދި ސިދާތް އަކީ ކަރަން އަށް ވަރަށް ކަމުދާ ދެ ތަރިން ކަން ގިނަ ބަޔަކު ގަބޫލު ކުރާނެއެވެ. އަދި ކަރަން މި ދެތަރިންނަށް ފިލްމެއްގެ ރޯލް ހަވާލުކުރުމަކީ ބަޔަކު ހައިރާން ވާނެ ކަމެއް ނޫނެވެ. އަދި މީޑިއާ ތަކުން ވާހަކަ ދައްކާފައިވާ ގޮތުގައި، ކަރަން ޖޯހަރް ގެ ދެން ނިކުންނަ ފިލްމަކުން މި ދެތަރިން ފެނުން އެކަށީގެން ވެއެވެ. އަދި މި ކަމުގެ މަޝްވަރާ އެއްގައި ދެ ތަރިންނާއި އެކު ކަރަން ބައްދަލު ކޮށްފައިވާކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މި ކެއުމަށްފަހު، ކަރަން  އަދި ރަންބީރް ވަނީ އެއް ކާރެއްގައި ގެއަށް ދިއުމަށް ދަތުރު ފަށާފައެވެ. އަދި ސިދާތް ފެނިފައި ވަނީ އެކަނި ދިޔަ ތަނެވެ.       

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން