Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ޖަބް ހެރީ މެޓް ސޭޖަލް އަށް ބޭނުންވި ވަރުގެ ތަރުހީބެއް ނުލިބުން؟

7 އޮގަސްޓް 2017 - 14:30

ޢައިޝަތު ނައުރާ

"ޖަބް ހެރީ މެޓް ސޭޖަލް" މިދިޔަ ހަފްތާގެ ހުކުރުދުވަހު މިވަނީ ސިނަމާ ތަކުގައި އަޅުވަން ފަށާފައެވެ. އަދި ކުރިން ކަމުގެ މާހިރުން ބުނެފައިވާ ގޮތުގައި ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބި ފުރަތަމަ ހަފްތާ ތެރޭގައިވެސް ބޮޑު ކުރިއެރުމެއް ހޯދާނެ ކަމާއި މެދު މީހުން ވަނީ ވާހަކަ ދައްކާފައެވެ. އެހެން ނަމަވެސް، ހީކުރި ގޮތާއި ހިލާފަށް ކަންކަން ދާން ފެށުމުން ޑައިރެކްޓަރުން ކުޑަކޮށް ހާސްވާން ފަށައިފިއެވެ. ހުކުރު ދުވަހު 15 ކަރޯޑް ލިބިފައިވާއިރު ހޮނިހިރު ދުވަހު ލިބިފައިވަނީ 30.25 ކަރޯޑްއެވެ.

ދެވަނަ ދުވަހު މިހާ ބޮޑުތަނެއް ކުޑަކޮށް ފެނުމަކީ ކަންބޮޑުވާ ވަރު ކަމެއްބާއެވެ؟ މިހާ ބޮޑު އުންމީދު ތަކާއި އެކު ސިނަމާތަކަށް ނުކުތް ފިލްމަށް އެހާ ތަރުހީބު ކުޑަ ވުމުގެ ސަބަބަކީ ކޮބާ ބާއެވެ؟

ތުންތުންމަތިން އިވޭ ގޮތުގައި ޝާހްރުކް ކާން އަދި އަނުޝްކާގެ ކެމިސްޓްރީ އެހާ ރަނގަޅެއް ނޫނެވެ. އަދި މިއީ ބެލުންތެރިން ބޭނުންވި ކަހަލަ ފިލްމަކަށް އެހެންކަމުން މިވަނީ ނުވަފައެވެ. އަދި މީގެ އިތުރުން މީހުން  ބުނާ ގޮތުގައި މިއީ އިންތިޔާޒް އަލީގެ އެންމެ ތަރުހީބު ކުޑަ ފިލްމަށް ވުންވެސް އެކަށީގެންވެއެވެ.

އެހެންނަމަވެސް، އަދި ވެސް އުންމީދު ދޫކޮށް ނުލާ ކުރިއަށްދާން ޝާހްރުކް ވަނީ ބުނެފައެވެ. ވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް ކުރިއެރުމެއް ލިބުމުގެ އުންމީދު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން