Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

އާމިރް ޚާން އަދި އަންހެނުންނަށް ސްވައިން ފްލޫ ޖެހިއްޖެ!

9 އޮގަސްޓް 2017 - 19:30

ޢައިޝަތު ނައުރާ

އަހަރެމެންގެ ތެރޭގައި އާމީރް ޚާންއަށް ލޯބި ކުރާ އެތަށް ދިވެހިންނެއް އުޅެއެވެ. ވީމާ އާމިރް ޚާން ގެ ބަލިހާލްވެސް ބަލާލަން ބޭނުންވާނެ ކަން ޔަގީނެވެ.

ހަބަރުތަކުން ބުނާ ގޮތުގައި އާމިރް ޚާން އަށް ވަނީ ސްވައިން ފްލޫ ޖެހިފައެވެ. އަދި އޭނާ އަންހެނުން ކިރަން ރާއޯ ވެސް ވަނީ މި ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެފައެވެ.

އާމިރް ޚާންއަށް ދައުވަތު ލިބިފައިވާ އިވެންޓަކަށް އާމިރް ގެ ބަލި ހާލާއި ހެދި ނުދެވޭނެ ވާހަކަ އާމިރް ވަނީ ވިޑިއޯ ކޮންފެރެންސް އަކުން ބުނެފައެވެ. އާމިރް ބުނެފައިވާ ގޮތުގައި، މި ވައިރަސް އަކީ ގައިންގަޔަށް އަރާ އަވަހަށް ފެތުރޭ ވައިރަސް އެއް ކަމުން އޭނާ މި އިވެންޓްއަށް ނާދެވޭ ވާހަކައެވެ. އަދި އިނގިފައިވާ ގޮތުން ބޭރުތެރެއަށް ނުނުކުމެ އުޅުމަށް ބޭނުން ވާތީ އާމިރް އަދި ކިރަން ބޭސް ކުރަމުން ދަނީވެސް އެމީހުންގެ ގޭގައެވެ.

އަހަރެމެންގެ އުންމީދަކީ އާމިރް އަދި އަންހެނުންނަށް އަވަސް ޝިފާއެއް ލިބުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން