Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ކަޕިލް ޝަރްމާ ޝޯ ނެޓްފްލިކްސް އަށް!

10 އޮގަސްޓް 2017 - 19:30

ޢައިޝަތު ނައުރާ

ކަޕިލް ޝަރްމާ ގެ ކޮމެޑީ ޝޯއަކީ ދިވެހިންތެރޭގައި ފުދޭވަރެއްގެ މަގުބޫލް ކަމެއް ހޯދާފައިވާ ޝޯއެކެވެ. އަދި އިނގިފައިވާ ގޮތުގައި، ސޮނީ ޓެލެވިޝަން އާއި ކަޕިލް ގެ ޝޯ އާއި ހަދާފައިވާ އެއްބަސްވުން އެއްއަހަރު ދުވަހަށް އިތުރުކޮށްފައިވަނީ ވެސް މިދިޔަ ހަފްތާ ތެރޭގައެވެ.

މީގެ އިރުތުން، އަޑު އިވިފައިވާ ގޮތުގައި، ކަޕިލް ކުރިއަށް އޮތް ތާނގާ ބެލުންތެރިންނަށް ދައްކައިދޭން ބޭނުންވާ މާ ބޮޑެތި ކަންކަން އަދި ކުރިއަށް ހުރީއެވެ. މީގެ ތެރެއިން އެއް ކަމެއް އޭނާ މިވަނީ ހިއްސާކޮށްފައެވެ.

ނެޓްފްލިކްސް އިންޑިއާ ގައި ކަޕިލް ޝަރްމާ ގެ ކޮމެޑީ ޝޯ އެއް ދެއްކުމަށް މިވަނީ ހަމަޖެހިފައެވެ. އަދި މިއީ ބެލުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފާވެރި ހަބަރަކަށް ވާނެއެވެ. އަދި މީގެ އިތުރުން އެމޭޒަން ފަދަ ތަންތަނާއި ވެސް ކަޕިލް މިދަނީ ބައްދަލު ކުރަމުންނެވެ.

އަދި އަހަރެމެންނަށް އިނގިފައިވާ ގޮތުގައި ކަޕިލް ގެ ބަލި ހާލު އެހާ ރަނގަޅެއް ނޫނެވެ. އޭނާ މިދިޔަ މަހު ވެސް ވަނީ ލޭގެ ޕްރެޝާ ދައްވެގެން ހަސްޕަތާލްގައި އެނދުމަތިކުރެވިފައެވެ. އަދި މިކަމާއި ގުޅިގެން އޭނާގެ ޝޯތަކެއްވެސް ވަނީ ކެންސަލް ކޮށްލަން ޖެހިފައެވެ.

ވީމާ، މިކަން ވެގެން ދާނީ ކަޕިލް އަނެއްކާ ވެސް ފައިތިލަ މައްޗަށް ތެދުވުމަށް ވަރަށް ބޮޑު ހިތްވަރަކަށް ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން