Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ވަރުން ދަވަން އަހަރެމެން ސިއްސުވާލައިފި!

12 އޮގަސްޓް 2017 - 08:30

ޢައިޝަތު ނައުރާ

ވަރުން ދަވަން އަކީ ބޮލީވުޑްގެ އެންމެ ކުރިއަރަމުން އަންނަ އެއް ތަރިއޭ ބުނުމުން އެއްބާރުލުން ދޭނެ މީހުން ވަރަށް ގިނަވާނެއެވެ. އަދި އޭނާ އަކީ މިހާރު ބޮލީވުޑްގެ އެއް ތަނބޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

އަދި މިއަދު ހެނދުނެއްގެ ވަގުތެއްގައި ފެނިފައިވާ ގޮތުގައި ވަރުން ވަނީ ދެއްލީ އަށް ދިއުމަށްޓަކައި އެއާޕޯޓްއުން ފެނިފައެވެ. އަދި ހަބަރުތަކުން އިނގޭ ގޮތުގައި، އޭނާގެ އެންމެ ފަހު ފިލްމް ކަމަށްވާ 'ޖުދްވާ 2'ގެ ޝޫޓިންގތަށް ނިންމާލުމަށް ފަހު ލިބުނު ހުސް ވަގުތުކޮޅުގެ ބޭނުން ހިފަން އޭނާ ވަނީ 'އިންޑޯ ޓިބެޓް ކޭންޕް'ގައި ބައިވެރިވެފައެވެ. އަދި އަހަރެމެން އެންމެނަށްވެސް ފެންނަ ފެނުމަށް އޭނާގެ އިންސްޓަގްރާމް ގައި މިކޭންޕްގައި މިލިޓަރީ މީހުންނާއި އެކު ވަރުން ނަގާފައިވާ ފޮޓޯތަށް މިވަނީ އާންމު ކޮށްފައެވެ.

ދެން މިޖެހިލަނީ ވަރުންގެ ސްޓައިލް އަށެވެ. މިއަދި ގެ ފެނުމަށް ބަލާލި ކަމުގައިވިއަސް އޭނާ މިވަނީ މިސާލެއް ގާއިމް ކުރެވޭ ވަރަށް ފެނިގެން ގޮސްފައެވެ. ނޫކުލައިގެ ޓީޝާޓަކާއި އެކު ކަޅު ޖީންސެއް ލާފައިވާއިރު، އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާ އަރާފައި ހުރި ބޫޓެވެ. މީގެން އިނގޭ ގޮތުގައިވެސް ވަރުންނަކީ ހަމަ ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން