Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ޝާހްރުކް ޚާން އަދި ގައުރީ ޚާން އިސްތިހާރަކުން!

11 އޮގަސްޓް 2017 - 09:30

ޢައިޝަތު ނައުރާ

ޝާހްރުކް ޚާން އަދި ގޯރީ ޚާން އަކީ "ކަޕްލް ގޯލްސް" ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރާނެއެވެ. މިހަފްތާ ތެރޭގައި މިދެތަރިން މިވަނީ އިސްތިހާރަކުން ފެނިފައެވެ. އަދި މި ފޮޓޯ ތަކުން ޝާހްރުކް ޚާން އޭނާގެ އަނބިމީހާއަށް އޮންނަ ލޯބި ފެނިގެން ދެއެވެ. ޝާހްރުކް ގޯރީއާއި ދިމާލަށް ބަލަން މި އިންނަ މަންޒަރުން ވެސް ޝާހްރުކް ގެ ލޮލުން ލޯބި ފެންނަކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އަދި އެނދެއް މަތީ މި އިން ތަސްވީރުގައި ޝާހްރުކް ކަޅު ޖަހާ ނުލާ ލޯބީގެ ނަޒަރުން ބަލަމުންދަނީ ގައުރީ އަށެވެ. މިއީ އަހަރެމެން އެންމެންގެ ވެސް އުންމީދެއް ކަމާއި މެދު ޝައްކެއް ނެތެވެ.

އާދެ މިއީ ގިނަ ބައަކު ގަބޫލުކުރާނެ ހަގީގަތެކެވެ. ޝާހްރުކް ގެ އެ ބެލުމުން އަހަރެމެން ގެ ބައިވެރިޔާވެސް އަހަރެމެންނާއި ދިމާލަށް ބަލާލުމެވެ. މިއީ ހިޔާލީ ކަމެއް ކަމުގައި ގިނބައަކު ގަބޫލު ކުރިއަސް، ޝާހްރުކް އަށް މިކަން ވާނަމަ، ދެން ތިބި ފިރިހެނުންނަށްވެސް ވާނެ ކަން ކަށަވަރެވެ.

މި ދެތަރިންނަކީ ދިމާވި ކޮންމެ ގޮންޖެހުމަކާއި ހަނގުރާމަ ކޮށް އެމީހުންގެ ކައިވެނި ދުވަހަކުން ދުވަހަކަށް ވަރުގަދަކޮށްފައިވާ ބައެކެވެ.

 

ޚާންޚާން

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން