Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

'ނާމް ކަރަން' ޑްރާމާގައި މާމަގެ ރޯލް ކުޅޭ ރީމާ ލަގޫ ނިޔާވެއްޖެ!

18 މޭ 2017 - 11:59

މަރިޔަމް ލައިސާ

ފިލްމީ ދާއިރާގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށް އަދި ވަރަށް ދުވަސްވީ ފަރާތެއް ކަމަށްވާ ރީމާ ލަގޫ ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި މުމްބާއީގެ އަނދޭރީގެ ކޮކިލާބެން ހޮސްޕިޓަލުގައި ހާޓްއެޓޭކެއް ޖެހިގެން ނިޔާވެފައެވެ. އޭނާ ނިޔާވި އިރު އޭނާގެ އުމުރަކީ 59 އަހަރެވެ.

ރީމާ ވަނީ ހިންދީ އަދި މަރާތީ ފިލްމް ތަކުގައިވެސް ހަރަކާތްތެރިވެފައެވެ. އަދި މައިގަނޑު ގޮތެއްގައި އޭނާ ހަރަކާތްތެރިވެފައި ވަނީ ބޮލީވުޑްގައި ކުރިއަރާފައިވާ ފިރިހެން ތަރިންގެ މަންމައެއްގެ ގޮތުގައެވެ. މިގޮތުން މެއިނޭ ޕިޔާރް ކިޔާ، ހަމް ސާތް ސާތް ހޭ އަދި ޖުޅްވާ ފަދަ މަޝްހޫރު ފިލްމުތަކުގައި ސަލްމާން ޚާން ގެ މަންމަގެ ރޯލް އަދާކޮށްފައިވާކަން މިއީ ފާހަގަ ކޮއްލަން ޖެހޭ ވަރުގެ ކަމެކެވެ. ރީމާ އަކީ މީގެ އިތުރުން ހިންދީ ޑްރާމާ ސިލްސިލާތަކުން ވެސް މީހުންގެ މެދުގައި ވަރަށް މަޤުބޫލުކަން ހޯދާފައިވާ ފަރާތެކެވެ. އެގޮތުން ތޫތޫ މެއިން މެއިން އަދި ޝްރިމަން ޝްރިމަތީގައި އޭނާ ވަރަށް ބޮޑު މަޤުބޫލު ކަމެއް ހޯދިއެވެ.

އޭނާ ނިޔާވި އިރު އޭނާ ދިޔައީ ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ އެއް ކަމަށްވާ ނާމް ކަރަން ގައި އަވްނީގެ މާމަގެ ރޯލް އަދާކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން