Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ރެޑް ކާޕެޓް އަކީ މަޖާ ކުރަން ހުރި ތަނެއް – ދިޕިކާ ޕާޑުކޯން

21 މޭ 2017 - 21:06

މަރިޔަމް ލައިސާ

ދިޕިކާ ޕާޑުކޯން ޤަބޫލު ކުރާ ގޮތުގައި ކޭންސް ފިލްމް ފެސްޓިވަލް އަކީ މަޖާކުރުމަށް ޙާއްސަކުރެވިފައިވާ ހަފްލާއެކެވެ.

މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ދިޕިކާ ޕާޑުކޯން، މި ހަފްލާގައި ލީ ހެދުން އިންޓަނޭޝަނަލް މެގަޒިން އެއްގައި އެންމެ ރީތި ހެދުން ތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި އޭނާގެ ދެ ތަސްވީރެއް ޕޯސްޓުކޮށްފައިވެއެވެ.

31 އަހަރުގެ ދިޕިކާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ތިމާ އަޅާ ހެދުން ތިމާއަށް ކަމުދާ އަދި ތިމާގެ "މޫޑް" އާއި ގުޅޭ ހެދުމަކަށް ވާން ޖެހޭނެ ކަމަށެވެ.

"އަހަރެން ނުބުނާނަން އަހަންނަކީ ރެޑް ކާޕެޓްގަ ހިނގަން މާ މޮޅު މީހެކޭ. އެކަމަކު އަހަންނަށް ހީވަނީ ފެޝަން މަޖާވާން ޖެހޭނެހެން. އެއީ އެންމެންގެ މަސައްކަތެއް. އެންމެންގެ ވެސް ހުންނާނެ އޭނަ ތައްޔާރު ކުރާނެ މީހެއް، އިސްތަށިގަނޑު ހަދައިދޭނެ މީހެއް، މޭކަޕް ކޮށްދޭނެ މީހެއް." ދީޕިކާ އިތުރަށް ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

"މާ ކުރީގައި ރާވާފައި އޮވެދާނެ ލާނެ ހެދުމަކާއި އެއްޗެހި. އެކަމަކު ދުވަސް އައިސް ޖެހުނީމަ އެހެން އެއްޗެއް ލާ ހިއްވެދާނެ. އެހެންވެ މި ބުނަނީ، މިއީ ހަމަ މަޖަލަކަށް ކުރާ ކަމެކޭ." ދިޕިކާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން