Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

އާމިރް ހާން ގެ "ޑަންގަލް" ވަރަށް ކާމިޔާބު!

2 ޖޫން 2017 - 20:02

މަރިޔަމް ލައިސާ

ބާހުބަލީ 2 ވައްޓާލުމަށްފަހު އާމިރް ހާންގެ ޑަންގަލް ފިލްމް ވަނީ އިންޑިއާގެ ދުނިޔޭގެ އެކި ހިސާބުތަކުން 1700₹ ކްރޯޑަށް ވުރެ ގިނައިން ހޯދާ މިހާގިނައިން ފައިސާ ހޯދި ފުރަތަމަ އިންޑިއާ ފިލްމުގެ ދަރަޖަ ހޯދާފައެވެ.

ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ރަމޭޝް ބާލާ ކުރި ޓްވީޓެއްގައި ވަނީ ޑަންގަލް އަކީ 1700₹ ކްރޯޑަށް ވުރެ ގިނައިން ހޯދި ފުރަތަމަ އިންޑިއާ ފިލްމް ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އެކި ހިސާބުތަކުން ލިބުނު ޢަދަދު ވެސް އެ ޓްވީޓްގައި ހިމަނާފައެވެ. އެގޮތުން ޗައިނާއިން 942₹ ކްރޯޑް ހޯދާފައިވާއިރު ޓައިވާން އިން ވަނީ  32₹ ކްރޯޑު ހޯދާފައެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުން ވަނީ 745₹ ކްރޯޑު ހޯދާފައެވެ.

ޗައިނީސް ބޮކްސް އޮފީހުގައި މި ފިލްމް ދަނީ ވަރަށް ކުރިއަރަމުން ކަމަށް ވާތީ 1000₹ ކްރޯޑަށް ވަރަށް އަވަހަށް އަރާނެ ކަމުގެ އުއްމީދު އެބަ އޮތެވެ.

ބާހުބަލީ 2 އަކީ 1500₹ ކްރޯޑަށް ވުރެ ގިނައިން ފައިސާ ހޯދި އިންޑިއާގެ ފުރަތަމަ ފިލްމު ކަމަށް ވިޔަސް މިހާރު އާމިރް ޚާންގެ ޑަންގަލް ވަނީ ރިކޯޑު މުގުރާލާފައެވެ. ނަމަވެސް ބަހުބަލީ 2، ޗައިނާގައި އެޅުވުމަށް ހަމަޖައްސާފައި ވާތީ މި ފިލްމު އަނެއްކާވެސް ރިކޯޑު މުގުރާ ނުލާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ.
 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން