Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

1930 ކްރޯޑު ރުޕީސް އާއި އެކު ޑަންގަލް ދުނިޔެއިން 5 ވަނައަށް!

15 ޖޫން 2017 - 11:09

މަރިޔަމް ލައިސާ

އާމިރް ޚާންގެ ޑަންގަލް ވަނީ މިހާތަނަށް އެންމެ ހަތަރު ފިލްމަކުން ވާޞިލްވެފައިވާ ހިސާބަށް ވާޞިލްވެ އިނގިރޭސި ނޫން ފިލްމްތަކުގެ ތެރެއިން އެންމެ މަތިން ފައިސާ ހޯދާފައިވާ ފިލްމްތަކުގެ 5 ވަނައިގައި ހިމެނިފައެވެ.

ފޯބްސް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް 301 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ އިންޑިއާ އިން 84.4 މިލިއަން ޑޮލަރާއި ޗައިނާ އިން 179.8 މިލިއަން ޑޮލަރެވެ.

މިހާތަނަށް އިނގިރޭސި ނޫން ފިލްމް ތަކުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޯދިފައިވަނީ އެންމެ 4 ފިލްމަށެވެ. އެއީ ޗައިނާގެ ދަ މާމެއިޑް (533$ މިލިއަން) އަދި މޮންސްޓަރ ހަންޓް (386$ މިލިއަން) އާއި ފްރާންސްގެ ދަ އިންޓަޗަބަލްސް (427$ މިލިއަން) އަދި ޖަޕާންގެ ޔޯ ނޭމް (354$ މިލިއަން) އަށެވެ.

މީގެ ކުރިން އިންޑިއާ ފިލްމު ތަކުގެ ތެރެއިން އަލަށް 100 މިލިއަން ޑޮލަރު ލިބިފައިވަނީ މަހާވީރް ސިންހް ޕޯގަޓް ގެ ދިރިއުޅުމަށް ބިނާކޮށް މިދިޔަ އަހަރު ކްރިސްމާސް އަށް ނެރުނު ފިލްމެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން