Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

"ކިކް" ފިލްމުގެ ދެވަނަ ބައެއް!

15 ޖޫން 2017 - 18:00

މަރިޔަމް ލައިސާ

2014 ވަނަ އަހަރުގައި ރިލީޒް ކުރެވުނު ސަލްމާން ޚާންގެ ކާމިޔާބު ފިލްމު ކަމަށްވާ "ކިކް" ގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޙަބަރުތަކުން ބުނެފިއެވެ.

މި ފިލްމަކީ ސާޖިދު ނަދިއަޑްވާލާ އަލަށް ޑައިރެކްޓް ކޮށްގެން ނެރުނު ފިލްމެކެވެ. ޚަބަރުތަކުން ބުނާ ގޮތުގައި ސާޖިދު "ކިކް 2" ގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އަދި އަންނަ މަހުގެ ތެރޭގައި ސަލްމާން ޚާންއާއި ސްކްރިޕްޓު ހިއްސާ ކުރާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

"ކިކް" ގެ ދެވަނަ ބަޔަކީ "ކިކް" ގެ ފުރަތަމަ ފިލްމާއި ގުޅުވައިގެން ނެރޭ ފިލްމަކަށް ވާއިރު ދެވަނަ ބައި ކުރިއަށް ގެންދާނީ ފުރަތަމަ ބައި ނިމުނު ހިސާބުން ކަމަށްވެސް ޚަބަރުތައް ލިބެއެވެ.

'ކިކް 2' ގައި ސަލްމާން އާއި އެކު ބޮލީވުޑް އިން ބޭރު ފަންނާނެއް ފެނިގެން ދާނެ ކަން ކަށަވަރުކޮށްދީފައިވާ އިރު، ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ރަންދީޕް ހޫޑާ އަދި ޖެކޮލީން ފަނަންޑޭޒް ފެނިގެންދާނެ ކަމުގެ ޔަޤީންކަމެއް އަދި ލިބިފައި ނެތެވެ.

ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރު މި ބައިގައި ވެސް ގިނަވާނީ އެކްޝަންގެ މަންޒަރުތަކެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން