Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ބާހުބަލީ 2 ޗައިނާގައި ރިލީޒް ކުރަން ނިންމައިފި!

17 ޖޫން 2017 - 20:54

މަރިޔަމް ލައިސާ

ގިނަ ރެކޯޑު ތަކެއް އައު ކޮށްފައިވާ އަދި ކުރަމުން އަންނަ އެސްއެސް ރާޖާމޯލީގެ ފިލްމު "ބާހޫބަލީ 2: ދަ ކޮންކްލޫޝަން" އަންނަ ސެޕްޓެމްބަރު މަހު ޗައިނާގައި ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ. ޓްރޭޑް އެނަލިސްޓު ރަމޭޝް ބާލާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޗައިނާގައި ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި ޗައިނާގެ 4000 ސްކްރީނެއްގައި މި ފިލްމު އަޅުވާނޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޗައިނާގައި ފިލްމު ރިލީޒް ކުރުމުގެ ކުރިން، ފިލްމުގެ ތަރިންނާއި ފިލްމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި މީހުން ޗައިނާ އަށް ގޮސް ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޚަބަރު ލިބެއެވެ. ޗައިނާގައި މިހާތަނަށް ރިލީޒް ކުރި އެންމެ ކާމިޔާބު ހިންދީ ފިލްމަކީ އާމިރު ޚާންގެ 'ދަންގަލް' އެވެ.

ދަންގަލް ވަނީ ބާހޫބަލީ ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ކާމިޔާބު އިންޑިއާ ފިލްމުގެ މަޤާމު ހޯދާފައި ކަމުގައި ވިޔަސް "ބާހުބަލީ 2" ފިލްމުން އަލުން މި މަޤާމު ނުހޯދާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ. ޗައިނާގައި "ބާހޫބަލީ" ރިލީޒް ކުރާނީ "ދަންގަލް" ވެސް ރިލީޒް ކުރި ކުންފުނިންނެވެ.

އެންމެ ފުރަތަމަ 1000 ކުރޯޑުގެ އާމްދަނީއެއް ލިބުނު އިންޑިއާ ފިލްމުގެ އިތުރުން، "ބާހޫބަލީ 2" އަކީ އެންމެ އަވަހަށް 300 ކުރޯޑު ލިބުނު ހިންދީ ފިލްމު ވެސް މެއެވެ. އަދި އުތުރު އެމެރިކާގައި އެންމެ ފުރަތަމަ 100 ކުރޯޑުގެ އާމްދަނީއެއް ލިބުނު އިންޑިއާ ފިލްމަކީ ވެސް "ބާހޫބަލީ 2" އެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން