Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

"ޖައްގާ ޖާސޫސް" އަކީ ރަންބީރް ކަޕޫރްގެ ފުރަތަމަ އަދި ފަހު އުފެއްދުންބާ؟

18 ޖޫން 2017 - 18:07

ޢައިޝަތު ނައުރާ

ރަންބީރް ކަޕޫރަކީ ބޮލީވުޑްގައި އެންމެ ކުރިއަރަމުން އަންނަ އެއް ފިރިހެން ބަތަލާއެވެ. އަދި ދާދިފަހުން ރަންބީރު ވަނީ އޭނާ އެންމެ ބުރަކޮށް އަދި އެންމެ ހިތްވަރާއި އެއްކޮށް ކުރިއަށް ގެންދިޔަ މަސައްކަތް ނިމުމަކަށް ގެނެސް ސިނަމާގައި ފިލްމް އެޅުވޭ ހިސާބަށް ގެންގޮސްފައެވެ. އެއީ ރަންބީރު ކަޕޫރުގެ އެންމެ ފަހު ފިލްމް ކަމަށްވާ "ޖައްގާ ޖާސޫސް" އެވެ. މި މަސައްކަތުގައި ބައިވަރު އުނދަގޫތަކާއި ގޮންޖެހުންތަކަކާއި ތަހަންމަލު ކުރުމަށްފަހު މިހާރު ޖުލައި 14 ވަނަ ދުވަހު ފިލްމް އެޅުވޭގޮތް ވަނީ މެދުވެރިވެފައެވެ.

"ޖައްގާ ޖާސޫސް" އަކީ އެހާމެ ބޮޑު ފިލްމަކަށް ނުވިއަސް ރަންބީރުގެ ހިތާއި ވަރަށް ގާތް ފިލްމެކެވެ. ސަބަބަކީ މިއީ ރަންބީރުގެ ފިލްމީ ދާއިރާގައިވެސް ފިލުމެއް އުފެއްދި ފުރަތަމަ ފަހަރަށް ވީމައެވެ. ރަންބީރު މި ފިލްމް އުފައްދާފައިވަނީ ޑައިރެކްޓަރ، އަނޫރާގް ބާސޫއާއި އެކު މަސައްކަތް ކޮށް އަނޫރާޤްގެ ލަފާގެ ދަށުންނެވެ. އެހެންނަމަވެސް، ފިލްމެއް އުފެއްދުމުގެ ބުރައުފުލުމަށްފަހު، ރަންބީރަށް ވަނީ މިކަމަކީ ރަންބީރަށް ވާވަރުގެ ކަމެއްނޫންކަން އިޙުސާސްކުރެވިފައެވެ. އަދި ރަންބީރަށް އެންމެ މޮޅަށް ކުރެވޭ ކަމަކީ އެކްޓުކުރުންކަން އޭނާއަށްވަނީ އިޙުސާސް ކުރެވިފައެވެ.

ރަންބީރު ވަނީ މިކަމާއި ބެހޭގޮތުން މީޑިއާ އާއި ވާހަކަ ދައްކާފައެވެ. "އަހަންނަށް މިހާރު އިޙްސާސް ކުރެވިއްޖެ "ޕްރޮޑަކްޝަންއަކީ އަހަރެންނަށް ކުރެވޭ ވަރުކަމެއް ނޫންކަން. ޖައްގާ ޖާސޫސަކި އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ޕްރޮޑަކްޝަން. އަހަރެންނަށް ހިތްހަމަ ޖެހިލައިގެން އެކްޓިންގ ގަ އުޅެވިދާނެ. އެކަމަކު އަހަންނަކީ އެހާ މުރާލިމީހެއްނޫން، އެހެންވެ އަހަންނަކަށް ހިއެއްނުވޭ ފިލްމް އުފެއްދުމަކީ އަހަންނަށް ވެދާނެ ކަމެއްހެންނެއް. އެކަމު އަހަންނަށް މި ފިލްމް ނިންމާލެވުނީތީ ވަރަށް އުފާވެ، ހިތްހަމަޖެހޭ."

އަދި ފިލްމު އުފެއްދުމުގައި ދިމާވި މައްސަލަތަކާއި، ފިލްމް ނެރުމަށް ދުވަސް ނެގުމުގެ ވާހަކަ އަހާލުމުން ރަންބީރު ވަނީ ޖަވާބުދީފައެވެ.

"އަހަރެމެން އެއްވެސް މީހަކަށް ނޭނގޭ ފިލްމް ހެދުމަށް މިހާ ގިނަދުވަސް ނަގާނެ ކަމެއް. ބުނެވޭނީ ފިލްމް މިހާ ގިނަދުވަސް ވީމާ، އެއީ އެންމެންގެ ވެސް މައްސަލައޭ".

އަހަރެމެން އެންމެންވެސް ހީކުރީ ރަންބީރު ކަޕޫރް އެނާގެ ކާފަ، ރާޖް ކަޕޫރު ގެ މަޝްހޫރު ސްޓޫޑިއޯ ކަމަށްވާ "އާރް.ކޭ ސްޓޫޑިއޯސް" އަނބުރާ ވުޖޫދަށް ގެންނާނެކަމަށެވެ. އެހެންނަމަވެސް، ރަންބީރު މިކަމާއި ބެހޭގޮތުން ދެއްކި ފަހުބަހުން، މިއީ ވާނެ ކަމެއް ހެނެއް ހިއެއް ނުވެއެވެ.

އަދި މީގެ އިތުރުން ރަންބީރު ވަނީ ފިލްމާއި ބެހޭގޮތުން އިތުރުވާހަކައެއް ބުނެފައެވެ. ރަންބީރު ބުނެފައިވާގޮތުގައި ބޮލީވުޑްގައި އާއިލާއަށް ނުވަތަ ކުޑަކުދިންނަށް ހަދާފައިވާ ފިލްމް ވަރަށް މަދެވެ. އެހެންކަމުން "ޖައްގާ ޖާސޫސް" އަކީ އާއިލާތަކަށް އަދި ކުޑަކުދިންނަށް ވެސް ބަލާލެވޭނެ، ދަރިއަކާއި ބައްޕައެއްގެ ވާހަކައެވެ.

 

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން