Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ކަރީނާ ކަޕޫރްއާއި ނުލާ ތައިމުރް ބޭރުގައި ވަގުތު ހޭދަކޮށްލައިފި!

20 ޖޫން 2017 - 12:36

މަރިޔަމް ލައިސާ

ކަރީނާ ކަޕޫރް އަދި ސައިފް އަލީ ޚާންގެ ދަރިފުލު ތައިމުރް މައިންބަފައިންނާ ނުލާ މާމަ ބަބީތާ ގާތަށް ޒިޔާރަތް ކޮށްލައިފިއެވެ. މިއީ ތައިމުރް މި މަސް ތެރޭގައި ބޭރަށް ނެރޭ ދެވަނަ ފަހަރެވެ. އަދި ތައިމުރް ބަބީތާ ގާތަށް ގޮސްފައި ވަނީ ބަބީތާ ދިރިއުޅޭ ގެއަށެވެ.

ތައިމުރް ފެނިފައިވަނީ ޕަޕަރާޒީއަށް ބަބީތާ ތައިމުރް އުރައިގެން ހުއްޓައެވެ.

ލޯބިކަމުންނާއި ޗަބީ ކޮށް ކޯ އިނުމުން އެތައް ބައެއްގެ ލޯބި ލިބިފައިވާ ތައިމުރް ކެމެރާއަށް ބަލަމުން ދިޔައީ ހައިރާންވެ އިނދެގެންނެވެ. ތައިމުރްގެ މައިންބަފައިން ތައިމުރް އާއި އެކީ ފެނިފައެއް ނުވެއެވެ. ކަރީނާ މިހާރު މަސައްކަތް ކުރަމުން ދަނީ ސޯނަމް ކަޕޫރާއި އެކު ރިއާގެ "ވީރް ދި ވެޑިންގް" ގައެވެ. އަދި ސައިފް މިވަގުތު މަސައްކަތް ކުރަމުން ދަނީ "ޖޯން ފޭވްރިއަސް ޝެފް" ގެ ހިންދީ ފިލްމް އުފެއްދުމުގައެވެ.

އެންމެ ފަހުން ތައިމުރް ފެނިފައި ވަނީ ތުޝާރް ކަޕޫރްގެ ދަރިފުޅު ލަކްޝަޔާގެ އުފަންދުވަހުގެ ހަފްލާއިން ސައިފް އަދި ކަރީނާއާއި އެކުއެވެ. އެމީހުން ހަފްލާއަށް އައިސް ކާރުން ފޭބުމާއިއެކު ކަރީނާ ތައިމުރް އުރައިގެން ހުއްޓާ ވަނީ ފޮޓޯ ނަގާފައެވެ. ސައިފް ވެސް އަދި ކަރީނާ ވެސް ދަރިފުޅު ތައިމުރް ފޮރުވަން މަސައްކަތް ކުރި ކަމުގައި ވިޔަސް ކެމެރާއަށް ތައިމުރް ފޮރުވުންވީ އުނދަގޫ ކަމަކަށެވެ.

ކަރީނާ އަދި ސައިފް ކައިވެނި ކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. އަދި އެއަށްފަހު ކަރީނާ ތައިމުރް ވިހާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ތައިމުރް އުފަންވުމުން ފެށިގެން ތައިމުރް ވަނީ ބޮލީވުޑްގައި މިހާރު އެންމެ ނަން ހިނގާ އަދި އެންމެ މަޤުބޫލް ކުޑަކުއްޖާއަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން