Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ގޮސިޕް

ޖޯން ސީނާ އަދި ނިކީ ބެއްލާގެ ކައިވެނި

11 މޭ 2017 - 15:59

މަރިޔަމް ލައިސާ

އެކި ތަރިންގެ ލޯބީގެ ވާހަކަ ދައްކާއިރު މަޝްހޫރު ޑަބްލިއު ޑަބްލިއު އީ ގެ ތަރި ޖޯންސީނާގެ މަތިން ހަނދާން ނެތްތޯ؟ އާދެ. ޖޯން ސީނާއާއި ނިކީ ބެއްލާގެ ވާހަކަތަކަކީ ވެސް އަލި އަޅުވާލަން ޖެހޭ ވަރުގެ ވާހަކަ ތަކެވެ.

ޖޯންސީނާ އަދި ނިކީ ބެއްލާ މިވަނީ އީނިއުސް އަށް އަރާ ވާހަކަ ދައްކާފައެވެ. އަދި ޖޯން ސީނާގެ "ދަ ވޯލް" ވެސް އިސްތިހާރުކޮށްލާފައެވެ. އަދި ނިކީ ބެއްލާއާއި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެ ތައްޔާރީތަށް ވަމުން ދާކަމަށާއި ނަމަވެސް މިކަން ކުރަމުން މިގެންދަނީ ވަރަށް މަޑު މަޑުން ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން އީނިއުސް އިން ވަނީ ދެމީހުންގެ ކައިވެނީގެ ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު މުއްސަނދިކަން ހުރި ވަރު ބަލަން ސުވާލުތަކެއް ކޮށްފައެވެ.

ޖޯން ސީނާގެ ޖަވާބުތައް މާ ރަނގަޅު ނޫން ކަމުގައި ވިޔަސް ކުރި މަސައްކަތަށް އޭ+ އެއް ދޭނެ ކަމަށް އީނިއުސް އިން ބުނެފައިވެއެވެ.

ޖޯންސީނާއާއި ނިކީ ބެއްލާގެ ކައިވެންޏާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ނިކީ ބުނެފައި ވަނީ ޖޯންސީނާ ރަނގަޅު ފިރިއަކަށް ވާނެ ކަމަށާއި، ރަނގަޅު ބައްޕައަކަށް ވާނެ ކަމަށެވެ. އަދި މީގެ އިތުރުން އެ އާއިލާއާއި ބައްދަލު ކުރިކަމަށް ވެސް ނިކީ ބުނެފައިވެއެވެ. އަދި ނިކީ ބުނެފައިވާ ގޮތުގައި ކައިވެނީގައި ޖޯންގެ ފަރާތުން އެންމެ ބޭނުންވާ ކަމަކީ ކައިވެނީގައި ވެވޭ ވަޢުދުތައް އަމިއްލައަށް ލިޔުމަށެވެ. އަދި އަންގޮއްޓި ބަދަލުކުރެވުމުން އެންމެ އުފާވާ ކަމަކީ މިސިޒް ސީނާ އަށް ވެވުން ކަމަށް ވެސް ނިކީވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން