Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ގޮސިޕް

ޑެމީ ލޮވާޓޯ އަދި އެމްއެމްއޭ ފައިޓާއާއި އޮތް ގުޅުން ނިމިއްޖެ!

11 މޭ 2017 - 10:38

މަރިޔަމް ލައިސާ

ޑެމީ ލޮވޭޓޯ އަދި އޭނާގެ ބައިވެރިޔާ، ގިލްހެއިމޭ "ބޮމްބާ" ވަސްކޮންސޭލޯސް އާއި ވަކިވެއްޖެއެވެ. 24 އަހަރުގެ ލަވަކިޔުންތެރިޔާ ކަމަށްވާ ޑެމީ ލޮވޭޓޯ އާއި އެމްއެމްއޭ ފައިޓާ ގިލްހެއިމޭ އާއި ވަކިވިތާ ދުވަސްކޮޅެއް ވެދާނެ ކަމަށް އީނިއުސް އިން ވަނީ ޚަބަރު ދީފައެވެ.


މި ގުޅުން ނިންމާލީ ޑެމީ ލޮވޭޓޯ ކަމަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި އެމީހުން ވަކިވީ މައްސަލައެއް ޖެހިގެން ނޫންކަމަށާއި އެދެމީހުންގެ ގުޅުމަކީ އަސްލު ރަނގަޅު ގުޅުމެއް ނޫން ކަމަށް ދެކިގެން ދެމީހުން ދުރުވިކަމަށެވެ. އަދި ޑެމީ ލޮވޭޓޯ މީހަކާއި ގުޅިގެން އުޅެން ކިތައްމެ ބޭނުންވިޔަސް ދުވަސްކޮޅަކު ހުސްކޮށް ހުންނަން ތައްޔާރުކަމަށް ވެސް ގޮތް ނޭނގޭ ފަރާތަކުން މަޢުލޫމާތު ދީފައިވެއެވެ.


ޑެމީ ލޮވޭޓޯ ވަނީ އޭނާގެ ސޯޝަލް މީޑިއާތަކުން ގިލްހެއިމޭގެ ތަސްވީރުތައް ވެސް ޑިލީޓްކޮށްފައެވެ. އެންމެ ފުރަތަމަ ޑެމީ އަދި ގިލްހެއިމޭ ގުޅިފައިވަނީ މިދިޔަ އަހަރުއެވެ. އަދި އައު އަހަރު ދެމީހުން އެއްކޮށް ފާހަގަ ކުރުމަށްފަހު މީޑިއާއަށް ކަށަވަރު ކޮށްދީފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ.


މީގެ ކުރިންވެސް ޑެމީ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ، ވިލްމާ ވަލްޑެރާމާއި އެކީ އޮތް 6 އަހަރުގެ ގުޅުން ނިންމާލާ މިކަހަލަ ކަމެއް ތަޖުރިބާ ކޮށްފައެވެ. އަދި އެފަހަރު ވަކިވަމުން ދެމީހުން ވަނީ ދެމީހުންގެ 6 އަހަރުގެ ގުޅުން ނިންމާލި ކަމަށާއި، މިއީ ފަސޭހަ ކަމެއް ކަމުގައި ނޫނަސް ދެމީހުންނަށް ދެމީހުން ގާތް އެކުވެރިންގެ ގޮތުގައި ތިބުން މާ ރަނގަޅުވާނޭ ކަމަށް ވިސްނުނީ ކަމަށް މީޑިއާ އަށް އަންގާފައެވެ. އަދި ދެމީހުން އެކަކު އަނެކަކަށް އެހީވާނެކަމަށް ބުނެ އެދެމީހުންނަށް އެ ހުރިހާ އަހަރުތަކެއްގައި އޯގާތެރިވެ އެހީވެދިން ކަމަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ. މި ވާހަކަ ފުރަތަމަ ޗާޕު ކުރެވުނީ "ޕީޕަލް" ގައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން