Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ގޮސިޕް

މެސީ ކައިވެނި ކޮށްފި!

2 ޖުލައި 2017 - 21:00

ޢައިޝަތު ނައުރާ

އަހަރެމެން އެންމެންނަށް ދެވަނަ ތަޢާރަފަކަށް ބޭނުން ނުވާ، އާޖެންޓީނާއަށް އުފަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ވާ ލިއޮނަލް މެސީ ކައިވެނި ކޮށްފިއެވެ. މެސީ ކައިވެނި ކޮށްފައިވަނީ އޭނާގެ އެންމެ ކުޑައިރުގެ ލޯބިވެރިޔާ އެންޓޯނެލާ އޮކޫޒޯ އާއެވެ. ކައިވެނި ހަފްލާ ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، ބާއްވާފައިވަނީ މެސީގެ އުފަންރަށް ކަމަށްވާ ރޮސާރިއޯ ގައެވެ.

މިއީ ދުނިޔޭގެ ތާރީހުގައި ފާހަގަ ކުރެވޭނެ ކައިވެންޏަކަށްވާއިރު މި ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ އާޖެންޓީނާގެ "ސިޓީ ސެންޓަރ ހޮޓެލް ކޮންޕްލެކްސް" ގައެވެ.

މި ކައިވެންޏަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމުސްޓާރުންގެ އިތުރުން، މަޝްހޫރު ފުޓްބޯޅަކުޅުން ތެރިންވެސް ބައިވެރިވެފައި ވެއެވެ.

މެސީއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްކަމުން ދުނިޔޭގެ ކޮންމެ ތަނެއް ގައި ވެސް މެސީއަށް ކައިވެނި ކުރެވުނީހެވެ. އެހެންނަމަވެސް، މެސީ ވަނީ އޭނާގެ އުފަންރަށް ޙިޔާރުކޮށްފައެވެ. އެއީ މެސީ ބުނާގޮތުންނަމަ އޭނާގެ ހިތާއެންމެ ގުޅުންހުރި ރަށެވެ.

މި ކައިވެނި ފޮޓޯނަގާ، ކަވަރު ކުރުމަށް 150 ނޫސްވެރިންނަށް ހުއްދަ ދީފައިވެއެވެ. އެހެންނަމަވެސް، ފަހުގެ ޕާޓީއަށާއި ކައިވެނި ކުރި ވަގުތުގައި އެއްވެސް ނޫސްވެރިއަކަށް އެތެރެއަށް ވަނުމުގެ ހުއްދައެއް ނެތެވެ. އެހެންނަމަވެސް، އެ ސަރަހައްދަށް ބައިވަރު މީހުންވަނީ އެއްވެފައެވެ. ސެކިއުރިޓީގެ ވަރުގަދަކަމުން އެއްވެސް މީހަކަށް އެތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ.

މި ދެ ލޯބިވެރިން އެކަކު އަނެކަކު ކުޑައިރުން ސުރެ ދަނެއެވެ. އަދި ކުޑައިރުންސުރެ ގާތް ގުޅުމެއް ގެންގުޅެމުން އައެވެ. އަދި 2008 ގައި ވަނީ ލޯބީގެ ގޮތުން ގުޅެ، 2012 ގައި ފުރަތަމަ ދަރުފުޅުވެސް ލިބިފައެވެ. ދެވަނަ ދަރިފުޅު ލިބިފައިވަނީ 2015 ގައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން