Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ގޮސިޕް

ބެޔޯންސޭ ގެ އެއްމާބަނޑު ދެކުދިންނަށް ނަން ކިޔައިފި

2 ޖުލައި 2017 - 13:15

މަރިޔަމް ލައިސާ

ބެޔޯންސޭ ވިހެއުމާއި އެކު އެންމެން ވެސް ވަނީ އެ ދެކުދިންނަށް ދޭނެ ނަމެއް ވިސްނާ އެ ދެކުދިންނަށް ނަން ދޭން ކެތް މަދުވެފައެވެ. ނަމަވެސް ބެޔޯންސޭ ގެ އަންހެން ދަރިފުޅު ބްލޫ އައިވީ ގެ ނަމަށް ވުރެ ވަކި ރީތި ނަމެއް އެ ދެކުދިންނަށް ކިޔޭނެ ބާއެވެ؟

އެތައް ރިޕޯޓަކުން ދައްކާ ގޮތުގައި ލަވަކިޔުންތެރިޔާ ބެޔޯންސޭ ވަނީ އެކުދިންނަށް ރޫމީ އަދި ސިރް ކާޓަރސް ގެ ނަމުން ނަން ދީފައެވެ. އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ވިހާފައިވާ ބެޔޯންސޭ އަދި މިކަން މީޑިއާ އަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ބެޔޯންސޭ ވިހޭ ކަމުގެ އުފާވެރި ޚަބަރު ފުރަތަމަ ލިބިފައިވަނީ ބެޔޯންސޭގެ ބައްޕަ، މެތިއު ނޯލެސް ޓްވިޓާ ގައި ޚިއްސާ ކުރި ފޮޓޯ އަކުންނެވެ. މި ޓްވީޓަށް އެތައް ބައެއްގެ މަޤުބޫލުކަން ލިބިގެން ދިޔައިރު ބެޔޯންސޭގެ މަންމަ، ޓީނާ ނޯލެސް ވެސް ވަނީ މި ޕޯސްޓަށް ލައިކެއް ދީފައެވެ.

ޚަބަރުތައް ލިބޭ ގޮތުގައި ބެޔޯންސޭ ވިހެއުމަށް ފަހު ދިރިއުޅެމުން ގެންދަނީ މަލިބޫ ގެ ލަކްޒަރިއަސް ގެއެއްގައި ކުއްޔަށެވެ. 400000 ޑޮލަރު ކުލި ދައްކަމުން ގެންދާ މިގެއަކީ މި ހޫނު މޫސުން ނިމެންދެން ބެޔޯންސޭ ގެއަށް ވާނެ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ބައެއް މީހުން މި ދެކުދިންގެ ނަން ބަލައިގަނެފައިވި ނަމަވެސް އަނެއް ބަޔަކު ބެޔޯންސޭ ކަށަވަރު ކޮށްދެން އެ ޤަބޫލު ނުކުރާނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން