Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

"ސްކޭންޑަލް" ނިމުމަކަށް އަންނަނީ!

12 މޭ 2017 - 11:09

އައިޝަތު ޒާޔާ

ގިނަ ފަރާތްތަކަކުން އަޑު އިވިފައި ގޮތުގައި އޭ.ބީ.ސީ ޑްރާމާ އެއް ކަމުގައިވާ ސްކޭންޑަލް ގެ އެންމެ ފަހުން ނުކުތް ސީޒަން އަކީ އޭގެ އެންމެ ފަހު ސީޒަންއެވެ.

މި ޑްރާމާ ސިލްސިލާގެ އުފެއްދުންތެރިޔާ ޝޮންޑާ ރައިމްސް ވަރަށް ފަހުން ހޮލީވުޑްގެ ރިޕޯޓަރެއް ގާތު ބުނި ގޮތުގައި އެމަރިކާގެ ރައީސް ކަމަށް ޑޮނާލްޑް ޓްރަމްޕް ހޮވުމުން އެ ޝޯގެ ބަތަލާ އޮލިވިއާ ޕޯޕް އަށް ބިނާކޮށް އެންމެ ކުރިންސުރެ ރާވާފައިވާ ނިންމުންވަނީ ބޭކާރުވެފައެވެ.

މި ޝޯ ނިންމާލަން އުޅޭ ހަމައެކަނި ސަބަބަކީ މީއެއް ނޫނެވެ. މީގެ އިތުރުން ޝޯގެ ރޭޓިންގްސް އަންނަނީ އަހަރެއް އަހަރަކަށް ފަހު ދަށްވަމުންނެވެ. މީހުން ސިޔާސީ ވާހަކަތައް އަޑު އަހާ އަހާ ވަރުބަލިވީ ކަމަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން