Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

"ގާރޑިއަން އޮފް ދަ ގެލެކްސީ" އެއް ވަނާ ގައި ވީ އިރު "ކިނގް އާރތުރް: ލެޖެންޑް އޮފް ތަ ސްވޯރޑް" ފުލުގައި

15 މޭ 2017 - 17:55

އައިޝަތު ޒާޔާ

"ގާރޑިއަން އޮފް ދަ ގެލެކްސީ" ގެ ދެވަނަ ބައި ޖެހިޖެހިގެން އައި ދެ ހަފްތާ ބަންދުގައިވެސް އެމަރިކާގެ ބޮކްސް އޮފީސްގެ އެއްވަނަ ހޯދައިފިއެވެ. ފަހު ހަފްތާ ބަނދުގައި ކުރި ހޯދާފައިވަނީ ޖުމްލަ 63 މިލިއަން ޑޮލަރާއެކުގައެވެ. ހަމައެއާއެކު މި ފިލްމަށް މިހާތަނަށް އެމަރިކާއިން މުޅި ޖުމްލަ ލިބުނު އަދަދު 261.1 މިލިއަން ޑޮލަރަށް އަރައިފިއެވެ.

ނަމަވެސް ނިމިގެން ދިޔަ ހަފްތާ ބަންދުގެ މައިގަނޑު ހަބަރަކަށް ވެގެންދިޔައީ މި ފިލްމާ ގާތްވެސް ނުކުރެވުނު އެހެން ފިލްމުތަކުގެ ވާހަކައެވެ. މިގޮތުން އެމީ ޝޫމަސް އަދި ގޯލްޑީ ހޯން އުޅޭ މަޖާ ފިލްމެއް ކަމަށްވާ "ސްނެޗްޑް" ވަނީ 17.5 މިލިއަން ޑޮލަރާއެކު ހީކުރިވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އެހެން ކަމުގައި ވީ ނަމަވެސް ދެން އަންނަ ހަފްތާ ބަންދުގައި މި ފިލްމަށް ލިބޭ މިންވަރު ލިބުނު ފާޑުކިޔުންތަކަށް ބަލާފައި ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ނިމިގެން ދިޔަ ހަފްތާ ބަންދުގައި ވާރނާ ބްރޯސްގެ 170 މިލިއަން ޑޮލަރު ހަރަދުވި "ކިނގް އާރތުރް: ލެޖެންޑް އޮފް ތަ ސްވޯރޑް" އަށް ލިބިފައިވަނީ އެންމެ 14.7 މިލިއަނ ޑޮލަރެވެ. މިއަކީ މި ސީޒަންގައި ފިލްމަކަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން