Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

ރިއަލިޓީ ޝޯއަކުން މަޤުބޫލުކަން ހޯދާ މުއްސަނދިކަމަށް - ކައިލީ ޖެނާ

19 މޭ 2017 - 08:46

މަރިޔަމް ލައިސާ

ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ރިއަލިޓީ ސްޓާރ، ކައިލީ ޖެނާ އަކީ ކާރޑޭޝިއަން އާއިލާއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެކެވެ.

ކައިލީ ޖެނާ އުފަންވެފައިވަނީ 1997 ވަނަ އަހަރު ކެލިފޯނިއާ އަށެވެ. ކައިލީ ބޮޑުވަމުން އައިސްފައިވަނީ "ކީޕިންގް އަޕް ވިތް ދަ ކާރޑޭޝިއަންސް" ރިއަލިޓީ ޝޯގެ ތެރެއިން މީހުންގެ މަޤުބޫލުކަން ހޯދާފައިވާ އޭނާގެ އެއްބަނޑު އެއްބަފާ އަދި އެއްބަނޑު ކުދިންގެ ތެރޭގައެވެ. އޭނާގެ އާއިލާގެ މމަޝްހޫރުކަމުގެ ފައިދާ ނަގައިގެން ކައިލީ ވަނީ އޭނާގެ އަމިއްލަ ވިޔަފާރިތަކެއް ފައްޓާފައެވެ. އެގޮތުން ކައިލީ އުފެއްދި ކައިލީ ކޮސްމެޓިކްސް ވެގެން ދިޔައީ ވަރަށް ކާމިޔާބު ކުންފުންޏަކަށްށެވެ. ކައިލީ ގެ ސޮއި އާއެކު މި ކުންފުނިން ނެރުނު "ކައިލީ ލިޕް ކިޓް" އިން އެތައް މިލިއަން ރުފިޔާއެއް ވެސް ހޯދާފައިވެއެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ ސޯޝަލް މީޑިއާގެ ބޮޑު އެއްވުމަކަށް ގޮސް "ޓައިމް މެގަޒިންސް" ގެ އެންމެ ނުފޫޒު ގަދަ އެއް ޒުވާން ތަރިކަމުގެ މަޤާމުވެސް ހޯދާފައެވެ.

ކައިލީ ކްރިސްޓެން ޖެނާ އުފަންވީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ކެލިފޯނިއާގެ ލޮސް އޭންޖެލެސް އަށެވެ. ކައިލީ އަކީ ކްރިސް އަދި ކުރީގެ އޮލިމްޕިކް ގޯލްޑް މެޑަލްގެ ވެރިފަރާތް ކަމަށްވާ ބްރޫސް ޖެނާގެ ދަރިއެކެވެ. ކައިލީގެ ހަމައެކަނި އެއްބަނޑު އެއްބަފާ ކުއްޖަކީ އޭނާގެ ބޮޑަށް ހުންނަ ކެންޑަލް ޖެނާއެވެ. ނަމަވެސް ކައިލީގެ މަންމަ އަދި ބައްޕަގެ ވެސް އެހެން މީހުންނަށް ދަރިން ތިބެއެވެ.

ކައިލީ ޖެނާ ތަޢުލީމު ހާޞިލްކޮށްފައިވަނީ ސިއެރާ ކެންޔަން ސްކޫލުންނެވެ. އަދި މަތީ ތަޢުލީމު ހާޞިލްކޮށްފައިވަނީ ލޯރެން ސްޕްރިންގް ހައި ސްކޫލުންނެވެ. އަދި ކައިލީ ދެކޭގޮތުގައި ކެލިފޯނިއާގެ ކެލެބެސަސް އަކީ އޭނާގެ އަމިއްލަ އަވަށެވެ.

2007 ގައި ކިމް ކާރޑޭޝިއަންގެ ބަރަހަނާ ވީޑިއޯއެއް ރިލީޒްވުމާއިއެކު އެ އާއިލާ އިން ވަނީ އެމީހުންގެ ހަޤީގީ ދިރިއުޅުމާއި އެމީހުންގެ ކާމިޔާބީތައް ދައްކުވައިދޭ ރިއަލިޓީ ޝޯއެއް  "ކީޕިންގް އަޕް ވިތް ދަ ކާރޑޭޝިއަންސް" އުފައްދާ މީހުންގެ ތެރޭގައި މަޝްހޫރުވެފައެވެ.

އަދި ކާމިޔާބީތަކާއި މީހުންގެ މަޤުބޫލު ކަމުގެ އެހީގައި އެ އާއިލާގެ އެންމެން ވެސް ވަނީ އަމިއްލަ ވިޔަފާރިތަކެއް ފައްޓާ އެމީހުންގެ ބްރޭންޑް ރިއަލިޓީ ޓީވީއަށް ވުރެ މާ މައްޗަށް ގެންގޮއްސައެވެ. ކައިލީ އާއި ކައިލީގެ ދައްތަ ކެންޑަލްއާއި ދެމީހުން ވަނީ ވަރަށް ފަހުން ޕެކްސަން އަދި ޓޮޕްޝޮޕްގެ ހެދުމުގެ ވައްތަރުތައް ތަޢާރަފު ކޮށްދިނުމަށް "ކެންޑަލް އަދި ކައިލީ" ކިޔާ ތަނެއް ހުޅުވާލާފައެވެ. އަދި މިއީ އޭނާގެ ލިޕްސްޓިކް ކުންފުނިން ކުރި މަސައްކަތުގެ ފަހުން ކުރި ފުރަތަމަ މަސައްކަތެވެ.

ކައިލީގެ ފުރަތަމަ ކާމިޔާބީ ލިބިފައި ވަނީ 2015 ވަނަ އަހަރު އޭނާ އުފެއްދި ލައިފްސްޓައިލް އެޕް އިން އެތައް މިލިއަން ޑޮލަރެއް ލިބިގެންނެވެ. އޭނާގެ ދެން ތިބި އާއިލާގެ މީހުންނެކޭ އެއްގޮތަށް ސޯޝަލް އެޕްތަކުގައިވެސް ކައިލީ ވަނީ ވަރަށް ކުރި އަރާފައެވެ. ހަމައެކަނި އިންސްޓަގްރާމް އިން ވެސް 77 މިލިއަނަށް ވުރެ ގިނަ މީހުން އޭނާ ފޮލޯކުރެއެވެ.

މީގެ އިތުރުން އޭނާގެ އަމިއްލަ ވެކްސް ސްޓެޗޫ އެއް ހެދުމަށް މިއަހަރުތެރޭ މިންނަގާފައިވެއެވެ. އަދި ކައިލީގެ ލިޕް ކިޓް ކުންފުނި އިތުރަށް ކުރިއަރުވަން ކައިލީ އައިޝެޑޯ ސެޓުތަކެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން