Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

"ބްލެކް އެޑަމް" – ވަރަށް އަވަހަށް ނިކުންނަނީ!

20 މޭ 2017 - 12:43

މަރިޔަމް ލައިސާ

ފިލްމީ ތަރި ޑްވޭން ޖޯންސަން އުފައްދާ ފިލްމް "ބްލެކް އެޑަމް" އުއްމީދުކުރި ވަރަށް ވުރެ އަވަހަށް ނުކުމެދާނެ ކަމަށް އިޝާރާތެއް ކޮށްފިއެވެ. އަދި އޭނާ އަދާ ކުރާ ރޯލަކީ ސުޕާމޭން (ހެންރީ ކެވިލް) އާއި ތަޅާ ރޯލް އެއް ކަމަށްވެއެވެ.

ފާސްޓް އެންޑް ފިއުރިއަސްގެ މި އެކްޓަރު މި ފިލްމްގައި ހަރަކާތްތެރި ވާނީ ނުބައި މީހެއް އަދި ރަނގަޅު މީހުންނާ ވަރަށް ދުރު މީހެއްގެ ގޮތުގައެވެ. އަދި އޮންލައިން ޕޯޓަލް އަކުން ރިޕޯޓް ކުރާ ގޮތުގައި "ޑީސީ އެކްސްޓެންޑެޑް ޔުނިވާސް" ގެ ފިލްމެއްގައި މީނާ ވަރަށް އަވަހަށް ތަޢާރަފު ކުރެވިގެންދާނެއެވެ.

"މިއީ ޔަޤީނުން ވެސް ވާނެ ކަމެއް! ޖިއޮފް ޖޯންސް އާއި ޑީސީގެ އެންމެންނާ ވެސް ވާހަކަ ދައްކާ ނިމިއްޖެ. މިއީ ވަރަށް ވެސް ހިތްގައިމު ވަގުތެއް ޑީސީ ގެ އެންމެންނަށްވެސް. ސަބަބަކީ އެމީހުން ޑީސީ އުފައްދަމުން އެ އަންނަނީ ވަރަށް ވެސް ފުރިހަމައަށް." ޖޯންސަން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ފެންޑެންގޯ އަށް މަޢުލޫމާތު ދެމުން ޖޯންސަން ބުނެފައިވާ ގޮތުގައި އޭނާ އެންމެންނަށްވެސް "ބްލެކް އެޑަމް" ފިލްމްގެ ހާމަ ނުކުރެވޭނެ ކަމެއް އެބަ އޮތް ކަމަށާއި އެއީ މީހުން ހައިރާން ކޮއްލުވަން ކަމަށް ބުނެފައިވެއެވެ. އަދި ސުޕާމޭން އާ ސްކްރީނުން ބައްދަލު ވާނެ ކަމަށް ވެސް އިޝާރާތެއް ވަނީ ކޮށްފައެވެ.

ޖޯންސަން ދެން ފެނިގެންދާނީ މި މަހު ނުކުންނަން އުޅޭ ރީބޫޓް އޮފް ބޭވޮޗް ފިލްމުން ޒެކް އެފްރޮން އާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން