Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

ބިލްބޯޑުގެ އެވާޑް ދިނުމުގެ ރަސްމިއްޔާތުގައި ސެލީން ޑަޔަން "މައި ހާޓް ވިލް ގޯ އޮން" ގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

22 މޭ 2017 - 20:39

މަރިޔަމް ލައިސާ

ސެލީން ޑަޔަން ބިލްބޯޑުގެ އެވާޑް ދިނުމުގެ ރަސްމިއްޔާތުގައި ހުރިގޮތާއި ލަވަ ކީ ގޮތުން ހީވީ ޕަރީއެއްހެން ކަމަށް ގިނަ ބަޔަކު ބުނާ އިރު ސެލީން ޑަޔަން މި ހުށައެޅުން ހުށަހަޅާފައި ވަނީ މީގެ 20 އަހަރު ކުރިން ނެރުނު "ޓައިޓޭނިކް" ފިލްމްގައި އެންމެ ހިނގި ލަވަ ކަމަށްވާ "މައި ހާޓް ވިލް ގޯ އޮން" ލަވައިގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައެވެ.

1997 ވަނަ އަހަރު ނެރުނު އޮސްކާ އެވޯޑް ކާމިޔާބު ކުރި ފިލްމް "ޓައިޓޭނިކް" ގެ މަންޒަރުތައް ފަހަތުގައި އަޅުވަމުން ދިޔައިރު ހުދުކުލައިގެ އަތްދިގު ހެދުމެއް ލައިގެން ހުރެ ޑަޔަން ވަނީ މި ލަވަ ހުށަހަޅައިދީފައެވެ.


"މިއީ އަހަންނަށް ވަރަށް މުހިއްމު ލަވައެއް، މި ލަވަ އަހަރެންގެ ކެރިއަރުގައި ވަރަށް ބޮޑު ރޯލެއް އަދާކުރި." ޑަޔަން ބުނެފައިވެއެވެ. "އަހަރެން ވަރަށް ޝުކުރު ކުރަން އަހަރެންނަށް ޓައިޓޭނިކް ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު ދިން އަލް މަހުރޫމް ޖޭމްސް ހޯނާ އަދި ވިލް ޖެނިންގްސް އަށް. އަދި މި ފިލްމް ކުރިއަށް އޮތް ހުރިހާ ޖީލުތަކެއްގައި ވެސް ކުރިއަށް ދާނެ." ޑަޔަން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން