Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

އޯލެންޑޯ ބްލޫމް އޭނާގެ ދަރިފުޅު ފްލައިންގެ ތަސްވީރެއް މިއަދު ހިއްސާކޮށްފި!

17 ޖޫން 2017 - 22:31

މަރިޔަމް ލައިސާ

ލޮސްއޭންޖަލަސްގެ އެކްޓަރު އަދި ޕްރޮޑިއުސަރު ކަމަށްވާ އޯލެންޑޯ ބްލޫމް ވަނީ އޭނާގެ ދަރިފުޅު ފްލައިންއާއި އެކު ބައްދައިގެން ނަގާފައިވާ ތަސްވީރެއް މިއަދު ހިއްސާކޮށްފައެވެ.

އިންސްޓަގްރާމްގައި މިއަދު ހިއްސާ ކުރެވުނު ތަސްވީރުގައި 6 އަހަރުގެ ފްލައިން ވަނީ ހޫޑީއެއް އަޅައިގެން ހުރެ ވެއްޓިފައިވާ ދަތް ދައްކާލާފައެވެ.

ފްލައިން އަކީ ބްލޫމް އާއި ބްލޫމްގެ ކުރީގެ އަންހެނުން މިރޭންޑާ ކޭރް އަށް ލިބިފައިވާ ކުއްޖެކެވެ. ބްލޫމް ވަނީ މިދިޔަ މަހުގައި ބޭއްވުނު "ޕައިރޭޓްސް އޮފް ދަ ކެރިބިއަން: ޑެޑް މޭން ޓެލް ނޯ ޓޭލްސް" ގެ ޕްރީމިއާގައި އޭނާގެ ދަރިފުޅުގެ ތައުރީފުތައް ކޮށް އޭނާގެ ވާހަކަ މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައެވެ.

"ބައްޕައަކަށް ވާން ވަރަށް ފަޚުރުވެރިވޭ. އަހަރެން މިއީ ވަރަށް ނަސީބު ގަދަ މީހެއް." ބްލޫމް ބުނެފައިވެއެވެ.

"އަހަންނަށް ބުނެވޭނީ އޭނާ އަހަރެންގެ ހިތް ހީވެސް ނުކުރާ ގޮތަކަށް ހުޅުވާލައިފިއޭ. އަހަރެން ހީކުރީ އަހަރެންގެ ހިތް ދުވަހަކުވެސް ނުހުޅުވޭނޭ. އެކަމަކު އޭނަ އެކަން ކޮށްފި. ވަރަށް ހައިރާން ކުރަނިވި ކަމެއް. އެންމެން ދައްކަނީ ހަޤީޤީ ވާހަކައެއް. ދަރިން ލިބުމުން ހުރިހާ ކަމެއް ވެސް ބަދަލުވާނެ." އިތުރަށް ވާހަކަ ދައްކަމުން ބްލޫމް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން