Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

ބެޔޯންސޭ ވިހައިފި!

18 ޖޫން 2017 - 12:18

މަރިޔަމް ލައިސާ

ލޮސް އޭންޖަލަސްގައި ބެޔޯންސޭ މިއަދު ވަނީ އެއްމާބަނޑު ދެކުދިން ވިހާފައެވެ. އުފަންވެފައި ވަނީ ކޮން ޖިންސެއްގެ ކުދިންކަން ނޭނގުނު ކަމުގައި ވިޔަސް މިއީ ޖޭޒީ އަށާއި ބެޔޯންސޭގެ އެތައް ފޭނުންނަކަށް ވަރަށް ވެސް އުފާވެރި ޚަބަރެއްކަން ޔަޤީނެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ ބެޔޯންސޭ ބަނޑުބޮޑުކަން ހާމަކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ވަރަށް ވެސް ރީތި ތަސްވީރު ތަކެއް އިންޓަނެޓްގައި ހިއްސާ ކޮށްލައިގެންނެވެ. އަދި މި ތަސްވީރު ވަނީ 11 މިލިއަން ލައިކާއި އެކު އިންސްޓަގްރާމްގައި މިހާތަނަށް ބަޔަކު އެންމެ ގިނަ ލައިކް ދީފައިވާ ތަސްވީރުގެ މަޤާމު ވެސް ހޯދާފައެވެ.


ބަނޑުބޮޑުކަން އިއުލާން ކުރުމުގެ ހަފްތާ އެއް ފަހުން ބެޔޯންސޭ ވަނީ ގްރެމީސް އަށް ގޮސް ހުރިހާ ބޮޑެތި އެވާޑެއް އަޑެލް ގެންދިޔަތަން ބަލާފައެވެ. ނަމަވެސް އެވާޑުތައް ހާސިލް ނުކުރެވުނު ކަމުގައި ވިޔަސް ބެޔޯންސޭ އެރޭ އެތަނުން ނިކުމެފައި ވަނީ އެތަނުގައި އެރޭ ހުށައެޅި އެންމެ ފުރިހަމަ ހުށައެޅުން ހުށައެޅުނު ކަމުގެ ހިތްހަމަޖެހުމުގައެވެ. އޭނާ އެރޭ ހުށައަޅާފައި ވަނީ މަންމަ އަކަށް ވުމާއި ދަރިއަކަށް ވުމުގެ މާނައަކީ ކޮބައިކަން ދޭހަވާ ލަވައެކެވެ.

ވިހެއުމުގެ ހަފްތާއެއް ކުރިން ބެޔޯންސޭ ވަނީ އާއިލާ އަދި ރަހުމަތްތެރިންނާއި އެކު ދަރިއަކު ލިބެން އުޅޭ ކަމުގެ ހަފްލާއެއް ބާއްވާފައެވެ. މި އެއްވުމާއި ދޭތެރޭ ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ގިނަ ބައެއްގެ ހަސަދަވެރިކަން ވެސް ކުރިމަތި ކުރުވާފައެވެ. އެއީ މި އެއްވުމުގައި ޓީނާ ނޯލެސް، ކެލީ ރައުލޭންޑް، ސެރީނާ ވިލިއަމްސް އަދި ލާލާ އެންތަނީ ބައިވެރިވެފައި ވާތީއެވެ.

މި ހަފްލާއަށް ފަހު ބެޔޯންސޭ ވަނީ އޭނާގެ ބަނޑުގައި ހީނާފަތުން ކުރަހާފައިވާ ތަސްވީރެއް އިންޓަނެޓްގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން، އޭނާގެ މާބަނޑު ދުވަސްވަރުގައި އޭނާ ވަނީ އޭނާ ހިއްސާކުރާ ތަސްވީރުތަކުން މީހުންގެ ހިތް ފުރުވާލަދީފައެވެ. އަދި ގިނަ ތަސްވީރު ތަކުގައި 5 އަހަރުގެ ބްލޫ އައިވީ، ބެޔޯންސޭގެ އަންހެން ދަރިފުޅު އޭނާއާއި އެއް ވައްތަރެއްގެ ހެދުން ލައިގެން ތަސްވީރުތަކުގައި ހުރިކަން ކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން