Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

"ސްޓްރޭންޖަރ ތިންގްސް" ގެ 2 ވަނަ ސީޒަން މާ ބިރުވެރިވާނެ!

18 ޖޫން 2017 - 14:58

މަރިޔަމް ލައިސާ

"ސްޓްރޭންޖަރ ތިންގްސް" ގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު ޝޯން ލެވީ ވަނީ މި ޝޯގެ 2 ވަނަ ސީޒަން މާ ބިރުވެރިވާނެ ކަމަށް އިޝާރާތްކޮށްފައެވެ.

ފޭސްބުކްގެ ލައިވް އިންޓަވިއުއެއްގައި ހޮލީވުޑް ރިޕޯޓަރާއި ފާއިތުވެދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަމުން ބުނެފައި ވަނީ މި ސީޒަން ފުރަތަމަ ފަހަރަށް ވުރެ ބިރުވެރިވާނޭ ކަމަށް އެޑިޓް ކުރާ ކޮޓަރީގައި އިނދެފައި ބުނިކަމަށާއި މިފަހަރު މި ޝޯގައި ހަރަކާތްތެރިވާ ތަރިންނަށް މި ޝޯގައި އަންނަ ނުރައްކާ ބޮޑުވާނެ ކަމަށް ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"ފުރަތަމަ ސީޒަން ބިރުވެރިކަމަށް ބުނި މީހުން މި ސީޒަން ބަލާފައި މާ ބިރުގަންނާނެ. އެކަމަކުވެސް އަހަންނަށް ބުނެވޭނެ އެންމެ ސަޅި އެއްޗަކީ ހުރިހާ ކަމަކަށް ފަހު ވެސް މިއީ އެންމެ ފުރިހަމައަށް ހިތްޖެހިފައިވާ ޝޯ އަށް ވެގެން ދާނެ. ފައިސާގެ ގޮތުން ވެސް ޝޯގެ ގޮތުންވެސް މިއީ ބޮޑު ކުރިއެރުމަކަށް ވާނެ." ޝޯން ލެވީ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ސީޒަން 2 މި ފެށިގެން ދަނީ 1 އަހަރު ފަހުން ވިލް ބަޔާސް (ނޯހް ސްކްނެޕް)، އިލެވެން (މިލީ ބޮބީ ބްރައުން)، ނޭންސީ (ނަތާލިއާ ޑަޔާ) އަދި މައިކް (ފިން ވޮލްފްހާޑް) ތަރިންނާއި އެކުއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝޯން ބުނެފައިވާ ގޮތުގައި ބެލުންތެރިން ހިތްހަމަ ނުޖެހޭ ކަންތައްތައް ހިނގާނެ ކަމަށާއި ނަމަވެސް ހިތްހަމަ ޖެހޭ ކަންތައްތައް ވެސް ހިނގާނެ ކަމަށެވެ. "މީހުން ޤަބޫލު ކުރާ ގޮތުގައި ބާބް ދިރި އެބަ ހުރި. ތިމީހުން ހީކުރަނީ ތިމީހުން ބޭނުންވަނީ އެހެން ކަމަށް. އެކަމަކު އަސްލު އެހެން އެކަން ވާކަށް ބޭނުމެއް ނުވާނެ." ތަރިން ޝެނޮން ޕަރސަރ އަށް ކުރިއަށް ވާނެ ގޮތް އަހާކަމަށް ބުނެ ޝޯން ބުނެފައިވެއެވެ.

ސީޒަން 2 ދައްކަން ފަށާނީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ނެޓްފްލިކްސް އިންނެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން