Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

ރައިއާން ރޭނޯލްޑް "ޑެޑްޕޫލް 2" ނިކުންނަން އުޅޭ ކަމަށް އިޝާރާތްކޮށް ފޭނުންނަށް ތަސްވީރެއް ޙިއްސާ ކޮށްލައިފި!

19 ޖޫން 2017 - 20:15

މަރިޔަމް ލައިސާ

 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ރިލީޒް ކުރެވުނު "ޑެޑްޕޫލް" ވެގެން ދިޔައީ ވަރަށް ވެސް ކާމިޔާބު ފިލްމަކަށެވެ. އެތައް ބަޔަކަށް ކަމުގޮސް ސިނެމާތައް ފުރާލި މި ފިލްމް ގެ ދެވަނަ ބައި "ޑެޑްޕޫލް 2" އަންނަ އަހަރުގެ ޖޫން 1 ގައި ނިކުންނަ ޙަބަރަކީ މި ފިލްމް ކަމުދިޔަ އެތައް ބަޔަކާއި "ޑެޑްޕޫލް" ގެ ފޭނުންނަށް ލިބުނު ވަރަށް އުފާވެރި ޙަބަރަކަށް ވާނޭކަން އެއީ ޔަޤީން ކަމެކެވެ.

މިކަން ރައިއާން ރޭނޯލްޑް ކުރި ޓްވީޓުން ވެސް ފާހަގަ ވެގެން ދިޔައެވެ. ރައިއާން ރޭނޯލްޑް މިއަދު "ޑެޑްޕޫލް 2" ނިކުންނަން އުޅޭ ކަމަށް އިޝާރާތްކޮށް ތަސްވީރެއް ޓްވިޓާގައި ހިއްސާ ކުރުމާއި އެކު ފޭނުން ދިޔައީ މޮޔަ ވެގެންނެވެ. އޭނާ މިކޮށްފައިވާ ޓްވީޓަށް ވަނީ 132000 ލައިކް ލިބި 40000 އެތައް ބަޔަކު ޓްވީޓް އަލުން ހިއްސާކޮށްފައެވެ.

ކޮމިކް އަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމްގެ ފުރަތަމަ ބައިގައި ރައިއާން ވަނީ މި ތަސްވީރުން ދައްކައިދޭ ތަނަށް ގޮސްފައެވެ. ފުރަތަމަ ބައިގައި ރައިއާން އަދާކޮށްފައިވަނީ ވަރަށް އުފާވެރި އަދި ނަސީބު ގަދަ ޓާމިނަލް ކެންސަރު ޖެހިފައިވާ މީހެއްގެ ރޯލެވެ.

"ޑެޑްޕޫލް" ފިލްމް ވަނީ އެ ފިލްމް އެޅުވި ތަނާހެން 783 މިލިއަން ޑޮލަރު ހޯދާ އެ ފިލްމް އުފައްދަން ދިޔަ 58 މިލިއަން ޑޮލަރުގެ ޚަރަދު ކަނޑާ އެތައް ގުނައަކުން ފައިދާ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން