Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

"ޕްރިޓީ ލިޓިލް ލަޔާރސް" އަށް އަލްވަދާއު ކިޔަން ތައްޔާރުތަ؟

20 ޖޫން 2017 - 20:00

ޢައިޝަތު ނައުރާ

އަހަރެމެން ދިވެހިންނަކީ ވެސް ބޭރުގެ ސިލްސިލާތަކަށް ވަރަށް ފޯރި ހުންނަ ބައެކެވެ. އަދި މީގެ ތެރެއިން ހޮލީވުޑް އަދި ބޮލީވުޑްވެސް ހިމެނެއެވެ. މިގޮތުން "ޕްރިޓީ ލިޓިލް ލަޔާރސް" އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލުވި އެއް ސިލްސިލާއެވެ. އެހެންނަމަވެސް، 7 އަހަރަށް ފަހު މި ސިލްސިލާ މިހާރު މިދަނީ ނިމުމަކަށް އަންނަމުންނެވެ. އަދި މިހާރު މި ސިލްސިލާގެ އެންމެ ފަހު ބައިތަށް ދަނީ ކޮންމެ އަނގާރަ ދުވަހެއްގައި ދައްކަމުންނެވެ.

7 އަހަރު މި ސިލްސިލާ ބަލަމުން މީގައި އުޅޭ ބަތަލުންނާއި ބަތަލާއިންނާއި މެދު އަހަރެމެންނަށް ވާނީ ހިތުން ޖާގައެއް ދެވިފައެވެ. އެހެންވެ، މި ސިލްސިލާއަށް އަލްވަދާއު ކިއުންވެގެންދާނީ ނުހަނު އުނދަގޫ ކަމަކަށެވެ. ނަމަވެސް، މިހާރު މި ލިބުން އުފާވެރި ހަބަރުން އަދި މި ސިލްސިލާއަށް އަލްވަދައު ކިއުމެއް ނެތެވެ.

އާދެ މިއީ ހަގީގަތެކެވެ. "ވާރނޯ ބްރޯސް ސްޓޫޑިއޯ" އިން ބެލުންތެރިންނަށް ޙާއްސަކޮށްގެން "ޕްރިޓީ ލިޓިލް ލަޔާރސް" ގެ މައުރަޒެއް ހުޅުވާލައިފިއެވެ. އަދި ލޮސް އޭންޖަލަސްގައި މި މައުރަޒަށް ސަމާރ ބުރޭކްގައި އެއްކޮށް ޒިޔާރަތް ކުރެވޭނެއެވެ.

މި މައުރަޒު ހިންގާ ބަލަހައްޓާ މީހުން ބުނާ ގޮތުގައި، މިއީ މި ސިލްސިލާގެ ފުރިހަމަ 7 އަހަރު ފާހަގަ ކުރުމުގެ ގޮތުގައި ބެލުންތެރިންނަށްޓަކައި ހުޅުވާލާފައިވާ މައުރަޒެކެވެ. އަދި މިކަންތަށް މިހާ ފުރިހަމަކޮށް ކުރިއަށް ދާތީ އެބޭފުޅުން ވަރަށް ހިތްހަމަޖެހި ފަހުރުވެރިވާކަމަށްވެސް ބުންޏެވެ.

އަދި މި މައުރަޒުގައި، ސިލްސިލާ ކުޅުމަށް ބޭނުންކޮށްފައިވާ ސެޓުތަކާއި، ބޭނުންކުރާ މާސްކުތަކާއި، އެހެނިހެން އެއްޗެހިވެސް ފަރުމާކޮށްފައިވެއެވެ. އަދި އެންމެ މަޝްހޫރު އެކަށްޗެއް ކަމަށްވާ "އޭ.ޑީ"ގެ "ޑޯލް ހައުސް" އަދި "ބޯޑް ގޭމް" ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން