Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

ޑޭނިއަލް ޑޭ ލެވިސް އެކްޓް ކުރުން ހުއްޓާލީ ކަމަށް އިއުލާން ކޮށްފި!

21 ޖޫން 2017 - 16:00

މަރިޔަމް ލައިސާ

3 ފަހަރު އޮސްކާ ހޯދާފައިވާ އަދި ދުނިޔޭގައި ހުރި އެންމެ މޮޅު އެކްޓަރު ކަމަށްވާ ޑޭނިއަލް ޑޭ ލެވިސް އެކްޓް ކުރުން ހުއްޓާލީ ކަމަށް އިއުލާން ކޮށްފިއެވެ.

ޑޭނިއަލް އާއި ހަވާލާދީ ވާހަކަ ދެއްކި ފަރާތުން ބުނި ގޮތުގައި އޭނާ އެކްޓަރެއްގެ ގޮތުގައި ދެން މަސައްކަތް ނުކުރާނެ ކަމަށާއި އޭނާއަށް މި ހުރިހާ އަހަރު ތަކުގައި ލިބުނު އެހީއާއި ހިތްވަރަށް އެންމެންނަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެ، މިއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި މިކަމާއި ގުޅިގެން އޭނާ ނުވަތަ އޭނާއާއި ހަވާލާދީ ވެސް އެއްވެސް ފަރާތަކުން އެއްވެސް ބަހެއް ދެން ނުބުނާނެ ކަމަށް ބުންޏެވެ.

މިއަހަރު ކްރިސްމަސްގައި ނިކުންނަން ހަމަޖެހިފައިވާ ޕައުލް ތޯމަސް އެންޑަރސަންގެ ފިލްމެއް ކަމަށްވާ "ފެންޓޮމް ތްރެޑް" ގައި ވެސް 60 އަހަރުގެ މި ތަރި އުޅޭނެއެވެ. އެކްޓް ކުރުން ހުއްޓާލި ކަމުގައި ވިޔަސް މި ފިލްމް އިސްތިހާރު ކުރުމުގައި ޑޭނިއަލް ބައިވެރިވާނެ ކަމަށް ވެސް އޭނާއާއި ހަވާލާދީ ޙަބަރު ދިން ފަރާތުން ބުނެފައިވެއެވެ.

ފިލްމީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައިވާ މި ތަރިއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އޭނާ އަކީ މިހާތަނަށް އެންމެ މޮޅު ބަތަލު ކަމަށް 3 އޮސްކާ އެވޯޑް ލިބުނު ހަމައެކަނި ތަރިއެވެ. ފުރަތަމަ އެވޯޑް ލިބިފައި ވަނީ "މައި ލެފްޓް ފުޓް: ދަ ސްޓޯރީ އޮފް ކްރިސްޓް ބްރައުން" ގެ އޭނާގެ އެކްޓިންގ އަށެވެ. ދެވަނަ ފަހަރު "ދެޔާ ވިލް ބީ ބްލަޑް" ފިލްމުގައި އޭނާ އަދާކުރި ރޯލަށެވެ. އަދި ތިން ވަނަ އެވޯޑް ލިބިފައި ވަނީ "ލިންކޮން" ފިލްމުގައި އޭނާ އަދާކުރި ރޯލަށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން