Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

"ގޯތަމް" ގެ އެކްޓަރު ޑޯނަލް ލޯގް ޓްވިޓަރ ގައި އޭނާގެ ދަރިފުޅު ހޯދުމަށް އެހީއަށް އެދެފި

28 ޖޫން 2017 - 13:16

މަރިޔަމް ލައިސާ

މީހަކު ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ޚަބަރުކޮށްފައި ވާކަން އަދި ޔަޤީންވެފައި ނުވި ނަމަވެސް ގޮސިޕް ކޮޕް އިން ވަނީ ޑޯނަލް ލޯގް ގެ ދަރިފުޅު ޖޭޑް ލޯގް ގެއްލިފައިވާ ކަމުގެ ޚަބަރު މި ފާއިތުވެ ދިޔަ ހޯމަ ދުވަހު ފަތުރާފައެވެ.

ހަމައެހެންމެ، ޑޯނަލް ލޯގްވެސް ވަނީ ޓްވިޓަރ ގައި އޭނާ ދަރިފުޅު ގެއްލިގެން ހޯދާ ކަމަށް ބުނެފައެވެ. އަންގާރަ ދުވަހުގައި ޓްވިޓަރ ގައި ޑޯނަލް އޭނާގެ ދަރިފުޅުގެ ތަސްވީރަކާއި އެކު ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ 2:00 ގައި ބާކްލޭސް ސެންޓަރ/ފޯޓް ގްރީން ބްރޫކްލީން ކައިރިން އޭނާގެ ދަރިފުޅު ޖޭޑް ގެއްލިފައިވާ ކަމަށެވެ. އަދި ސިފައިންގެ ޔުނީފޯމް ފޮތީގެ ހުޑީ އެއް ލައިގެން ހުރި ކަމަށާއި އެ ކުއްޖާގެ އިސްކޮޅުގައި 6 ފޫޓް 2 އިންޗި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ލިބިފައި ނުވިޔަސް ޑޯނަލް ގެ ރަހުމަތްތެރިންނާއި ސަޕޯޓަރުން ވަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. މީގެ ތެރޭގައި "ސަންސް އޮފް އަނާކީ" ގެ އުފެއްދުންތެރިޔާ ކާޓް ސަޓާ ހިމެނެއެވެ.

އެންވައިޕީޑީ އިން ބުނި ގޮތުގައި އެމީހުންނަކަށް މިކަމާއި ގުޅިގެން މައްސަލައެއް ހުށައަޅާފައި ވޭތޯ ނޫނީ ނުވޭތޯ ނުބެލޭނެއެވެ. ނަމަވެސް އީ ނިއުސް އިން ބުނެފައިވާ ގޮތުގައި މި މައްސަލަ އަދި ފުލުހުންނަށް ހުށައަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން